DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ޖުލައި 16, 2020
ޚަބަރު
0
ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.

ADVERTISEMENT

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސުކޫލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލް ކުރަމުންދާ ދެ ދަރިވަރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ދަރިވަރުންނާއި، ޓީޗަރުވެސް ޕޮސިޓިވްވެފައިވަނީ ސުކޫލްއަށް ހާޒިރުވަމުން ދަނިކޮށެވެ.

މީގެ ކުރިން ވަނީ ސްކޫލެއްގެ ސީނިއާ މެނޭޖްމެންޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އޭރު ޕޮސިޓިވް ވެފައިވަނީ ހުރަވީ ސުކޫލްގެ ޕްރިންސިޕް އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސުކޫލްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅު ތަކާ އެކު ނިއުނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފަށައިފައިވަނީ މިމަހުގެ ފުރަތަމަވީ ބުދަދުވަހުއެވެ. ކޮވިޑް-19 ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލްތައް ހުޅުވައި ކިޔަވައިދެމުންދަނީ ގުރޭޑް 9 އިން މަތީގެ ގުރޭޑް ތަކަށެވެ.

ތައުލީމީ ދާއިރާގައި އުޅުއްވާ ގިނަ ޓީޗަރުން ބުނާ ގޮަތުގައި މިދުވަސްވަރު ސުކޫލްތައް ހުޅުވުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ހާއްސަކޮށް ވެރިރަށް މާލެ ސަރަހައްދެވެ.

“މިކަހަލަ ކޭސްތަކުގައި ސުކޫލުތަކުގައި ހުންނަ ސެކިޔުރިޓީ ކަންކަމާހެދި އެޗްޕީއޭ އިން ޤަބޫލެއް ނުކުރޭ ސުކޫލްތެރޭގައި ޑައިރެކްޓް ކޮންޓެކް ވާނެ ކަމަކަށް. އެކަމަކު މިއީ ކިހާބޮޑު ރިސްކެއްތޯ؟ ނޭގި ނަމަވެސް އެކުދިންއަށް ހުރެދާނެ ތަންތާގައި އަތްލެވިފައިދޯ؟” މިނޫހަށް މައުލޫމާތުދިން ފަރާތަކުން ބުންޏެވެ.

އާއްމު ގޮތެއްގައި، ކޮވިޑް-19 ފެތުރެނީ ކެއްސާ އިރު ނުވަތަ ކިނބިހި އަޅާ އިރު ވައިރަސް ހުރި މީހެއްގެ ހަށިގަނޑުން ބޭރުވާ ޑްރޮޕްލެޓެއް ނުވަތަ ދިޔަތިއްކެއްގެ ޒަރީއާއިންނެވެ. މިފަދަ ދިޔަ ތިއްކެއް އެހެން މީހެއްގެ އަނގަޔަށް ނުވަތަ ނޭފަތަށް ނުވަތަ ލޮލަށް ސީދާ ގޮތެއްގައި ވާސިލު ވެއްޖެނަމަ، އެ މީހެއްގެ ހަށިގަނޑަށް ވައިރަސް އަރައެވެ. މި ގޮތުން ބޭރުވާ ދިޔަ ތިކީގައި ހުންނަ ވައިރަސް، އެ ދިޔަތިކި ގޮސް ހަރުލާ ތަނެއްގައި، މަރު ނުވެ ދެތިން ދުވަހު ހުރެދާނެއެވެ. މި ގޮތަށް ހަރުލާފައި ހުއްޓާ ބަލި ނުޖެހޭ މީހެއްގެ އަތުގައި އެ އެއްޗެއް އުނގުޅި، އުނގުޅުނު އަތް ލޮލޮގައި ނުވަތަ ނޭފަތުގައި ނުވަތަ އަނގައިގައި ހާކާލެވިއްޖެ ނަމަ ވައިރަސް ހަށިގަނޑަށް ވާސިލުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2831 މީހަކު ޕޮސިޓިވް ވެފައިވާއިރު، އޭގެތެރެއިން 2321 މީހަކުވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި 14 މީހަކުވަނީ ނިޔާވެފައެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 64،239 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 482 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި 32 ފަރާތެއް ވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މޫނު ބުރުގާ އެޅި ކުއްޖަކާމެދު ޤައުމީ ޔުނިވަރސިޓީން ތަފާތުކުރުން ގެންގުޅެފި

މޫނު ބުރުގާ އެޅި ކުއްޖަކާމެދު ޤައުމީ ޔުނިވަރސިޓީން ތަފާތުކުރުން ގެންގުޅެފި

ޖެނުއަރީ 19, 2021
ޤައުމީ ޔުނިވަރސިޓީން އެންމެ ފަހުގެ ނެވިގޭޝަން ސިމިއުލޭޓަރ އިފްތިތާޙުކޮށްފި

ޤައުމީ ޔުނިވަރސިޓީން އެންމެ ފަހުގެ ނެވިގޭޝަން ސިމިއުލޭޓަރ އިފްތިތާޙުކޮށްފި

ޖެނުއަރީ 19, 2021
އަދާލަތު ޕާޓީއާއި އެކު އީސީއިން މަޝްވަރާ ކުރަން ނިންމައިފި

ޢަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ޖެނުއަރީ 19, 2021
ޢަދަދުތައް މަދެއްނުވި، މިއަދު 59 މީހުން ޕޮޒިޓިވްވެއްޖެ

އިތުރު 51 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 14،600 އިން މައްޗަށް

ޖެނުއަރީ 19, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ހަރުކަށި ފިޔަވަޅުއަޅައި ކޯވީޑް-19 ކޮންޓުރޯލް ކުރުމަށް މަޢުމޫން ގޮވާލައްވައިފި

    ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0
  • ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ވާރިސުން ތިބިއިރު ބަލާނެ މީހަކު ނުވި، އެންމެފަހުން ދައުލަތުން އަލިފުތާއި ހަވާލުވެއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In