DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ބައިނަލްއަގުވާމީގޮތުން ރާއްޖެއަށް އެތަކެއް މެޑަލްތަކެއް ހޯދައިދިން ޒުވާން ހުނަރުވެރި “ ޗެފް އާދިލް“

އަބްދުﷲ ޖަޒްލާން ލިޔުނީ: އަބްދުﷲ ޖަޒްލާން
ޖުލައި 18, 2020
ތަފާތް
2
އިންސާނީ ކަރާމާތް!

ޗެފް އާދިލް

ރާއްޖޭގައި އަބަދުވެސް ފަތުރުވެރިކަމަކީ އިގްތިސާދީ ގޮތުން އެންމެ ކުރީގައި އޮންނަ އެއްދާއިރާއެވެ.ފަތުރުވެރިކަން ފެށިގެން އައި ހިސާބުން  ރާއްޖޭގައި އެކި ފަންތީގެ އެކި ގިންތީގެ ކުންފުނިތަކުން ރިސޯޓުތައް ހިންގަމުންއާދެއެވެ. އެގޮތުން ހޮޓެލް ސްކޫލްތައް ހުޅުވައި ބައިނަލްއަގުވާމީ ފެންވަރަށް އެތަންތަނުން ބޭނުން ރޮނގަކުން ކިޔަވާލެވެއެވެ. އެފް.އެން.ބީ އަކީ ރިސޯޓް ދާއިރާގައި އެންމެ މަތީ ފެންވަރުގެ މުއައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއެވެ.

ADVERTISEMENT

އެގޮތުން އެފް.އެންޑް.ބީ ސާރވިސް އަދި އެފް.އެންޑް.ބީ ޕްރިޕަރޭޝަން އަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ހުށައެޅިފައިވާ މަސައްކަތްތެރި އަދި ފަންނީ ދާއިރާތަކެވެ. ރާއްޖޭގައި ވެސް މިހާރު ދުނިޔޭގެ ފެންވަރުންގެ ޗެފުން އެބަތިއްބެވެ. އެގޮތުން ޗެފް އާދިލް އޭ ބުނުމުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާނަމަކަށް ނުވާނެއެވެ. ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެތަކެއް ކާމިޔާބީތަކެއް ހޯދައި ކެއްކުމުގެ ދާއިރާއިން އާ އުސްމިންތަކަކަށް އާދިލް ވަނީ ވާސިލްވެފައެވެ. ދާއިރާގެ ގޮތުން މިއީއަކީ ކުރަން އެހާ ފަސޭހަ ކަމެއްނޫނެވެ. ތަޖުރިބާގެ އިތުރަށް ތިއަރީ އަދި ޕްރެކްޓިކަލް އިން އެދެވޭ ފެންވަރަށް ފުޑް ނޮލެޖް ހުރެގެންނޫނީ މިދާއިރާގައި މަސައްކަތްކުރަން ވަރަށް ވެސް އުނދަގޫވާނެއެވެ.

 އ.އ.މަތިވެރިއަށް އުފަން މުހައްމަދު އާދިލް އަކީ ފުދުންތެރި އާއިލާއަކަށް ނިސްބަތްވާ ހަރުދަނާ ޒުވާނެކެވެ. ކުޑައިރު ދައްތަމެންކައިރީ ކިޔަވަން ހުރި އާދިލް އަށް ބައްޕަމެންގެއަށް ބަދަލުވެ ރައްޓިހިންނާއި ދިމާވެ މާބޮޑަށް ބޭރުތެރެއަށް ނިކުމެވި ކިޔެވުން އެއްކޮށް ހީނަރުވެގެން ދިޔައެވެ. އެހެންވުމާއި ގުޅިގެން އާދިލްއަށް ޖެހުނީ ރާއްޖެ ދޫކޮށް ލަންކާއަށް ދިރިއުޅުން ބަދަލުކުރާށެވެ.

އާދިލް އެހިސާބުން ނިންމީ އަނެއްކާވެސް އާހިތްވަރަކާއިއެކު ކިޔަވަން މަސައްކަތްކުރާށެވެ. އެގޮތުން އާދިލް ގްރޭޑް 10 ނިންމީ ލަންކާގެ ކޮލަމްބޯގައި ހުންނަ ރޯޔަލް އިންސްޓިޓުއުޓްއިންނެވެ. ދި ޑެއިލީއަށް މައުލޫމާތު ދެމުން އާދިލް ބުނީ ”އަހަރެން 8ގައި ރަނގަޅަށް ނުކިޔަވާތީ އެއްވެސް އެއްޗެއް އަސްލު ނޭނގެ. ދެން އަލުން 10ގައި ކިޔަވަމުން 8އަދި9ގެ ސިލަބަސްތައްވެސް ވަކިން ކިޔެވީ. މުޅިއަކު ތިން އަހަރުގެ ސިލަބަސްތައް އެއް އަހަރުން ކިޔެވީ. އިރާދަކުރެއްވިއްޔާ ދަސްކުރާކަށް އެހާ އުނދަގުލެއް ނޫން އެއްވެސް އިރެއްގައި އެއްވެސް އެއްޗެއް“.ކިޔެވުން ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައިސް އާދިލް މަސައްކަތްކުރީ ބައްޕަގެ ވިޔަފާރި ބަލަހައްޓާށެވެ. މަންމަ ބަލިވެގެން މަންމަ ގޮވައިގެން ބައްޕަ ބޭރަށްދާން ޖެހުމުން އާއިލާގައި ހުރި އެންމެ ދޮށީ ދަރިއަށްވެފައި އޭރު އެ ޒިންމާ އުފުލަން ހުރީ އާދިލްކަމުން އޭނާ އެކަމާއި ހަވާލުވިއެވެ. ނަމަވެސް އާދިލް ބުނިގޮތުގައި ވިޔަފާރިއަކީ އޭނަ އެހާ ސަމާލުކަންދޭހިތްވާ ދާއިރާ އެއްނޫން ކަމަށާއި އެވަގުތު އޭނަ ކުރިއަށްދާން ބޭނުންވީ އާރކިޓެކްޗާގެ ދާއިރާއިންކަމަށެވެ.“

އަބަދުވެސް ކުރަން ބޭނުންވީ ތަފާތުކަމެއް. އޭރުވެސް ނޭނގޭ ކޮން ކަމެއްކަން ކުރަން ބޭނުންވަނީކީއެއް“. އާދިލް ބުނީ އެހެން އުޅެނިކޮށް އެއްދުވަހަކު ރައްޓިއްސަކު އިންޓަރވިއުއަކަށް ލައިދޭން ބުނުމުން އޭނާދިޔައީ އެތަނަށް ކަމަށެވެ. އަދި އެތަނުން އޭނާއާއި ފޯސީޒަންސް ރިސޯޓްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރްމާންޑޯ ކްރެންޒްލިން އާއި ދިމާވެ ވާހަކަދެކެވި ރިސޯޓަށް އަންނަން ފުރުސަތު ލިބުނުކަމަށެވެ. އޭރު އާދިލްއަށް އެއީ މުޅިން އާ ކަމެކެވެ. ނަމަވެސް ތަފާތު ތަޖުރިބާއެއްކޮށްލުމުގެ ނިޔަތުގައި އާދިލް ދިޔައީ ފޯސީޒަންސް ލަނޑާގިރާވަރަށް ސްޓިވާޑެއްގެ ހައިސިއްޔަތުން 94$ގެ މުސާރައަކަށެވެ. ބައްޕަގެ ނުރުހުމާއި އެކުވެސް އާދިލް ރިސޯޓަށް ދިޔައީ އަމިއްލައަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައެވެ. ރިސޯޓުން އޭނާގެ މަސައްކަތް ރަނގަޅުވުމުން އެޕްރެންޓިސްގައި ބައިވެރިވުމުގެ ފުރުސަތު އޭނައަށް ލިބުނެވެ. އޭރު އާދިލް ބައިވެރިވާންވީ ދާއިރާއެއްވެސް އެހެން ނޭނގޭ ކަމަށް އާދިލް ބުންޏެވެ.“އޭރު ދެން ސްޓިވާޑިންގައި އުޅުނު އިރު ބަދިގެއިން ވަރަށް ކާއެއްޗިހިލިބޭ ދެން އެހެންވެ ގޮސް އެމީހުންނަށް އަތްގާތްކޮށްލައިދޭން ހުންނަނީ. ބަލަން ހުރީމަ އިނގޭ ކޮންމެވެސް ވަރަކަށް ބާރގާ އަދި ޕިއްޒާ އަޅަން. ދެން އެހެންވެ ވިސްނާފައި ނިންމީ ބަދިގެ އަށް ދާން“.

އެނާގެ ކެއްކުމުގެ ހަޔާތުގެ ފެށުން އެހިސާބުން އައި އިރު އާދިލް ވަނީ ހިތްވަރާއިއެކު އެޕްރެންޓިންސް އިން މަތީ ސްކޯތަކެއް ހޯދައި އޭނާގެ ތަފާތު ދައްކާލާފައިއެވެ. އޭނާގެ ޑިއުޓީ ނިންމާލުމަށްފަހުވެސް އެހެން މީހުން ކައިރިން ދަސްކުރަން އާދިލް ބަދިގޭގައި ގިނަވަގުތު ހޭދަކުރެއެވެ. ހުރިހާ އެއްޗެއްވެސް ލިޔެގެން ދަސްކޮށްގެން އަދި ނޭނގޭ ކޮންމެ އެއްޗެއް ކޮންމެ މީހެއްކައިރިން އަހަންވެސް އާދިލް ޖެހިލުމެއްނުވާކަމަށް އޭނާ ބުންޏެވެ. އެނާއަށް ލިބޭ ހިތްވަރަކީ އެހެން މީހުން ކުރިއަރައިދާތަންފެނުމެވެ. އެކަމުންއަމިއްލަ ނަފްސަށް ހިތްވަރުދީގެން އަމިއްލައަށްވެސް އެ ހިސާބަށް ވާސިލްވެވޭނެކަމަށް ގަބޫލުކޮށް ރެއާއިދުވލު މަސައްކަތްކުރިއެވެ

އާދިލް ހޯދި ކާމިޔާބީތަކަށް ބަލާއިރު 2019ވަނަ އަހަރު  ޗައިނީޒް ކުޒީންއިން ބޭއްވި މުބާރާއެއްގައި ރާއްޖެ ތަމްސީލުކޮށް ޓީމް ޗެލެންޖް އިން ބްރޯންޒް މެޑަލް ހޯދި ޓީމުގައި އާދިލް ހިމެނެއެވެ. އަދި ހަމަ އެއަހަރު އެފް.އެޗް.އޭ.އެމް ބޭއްވި އިންޓރަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި އެންޑް އެގްޒިބިޝަންގައި ވާދަކޮށް ރާއްޖޭގައި ހުތި އެންމެ މޮޅު ޗެފްގެ އެވާރޑް ވެސް ހޯދާފައެވެ.  އެފް.އެޗް.އޭ.އެމް އިން ބޭއްވި ބައިނަލްއަގުވާމީ ކެއްކުމުގެ މުބާރާތުން ހޮޓް ކުކިންގ ލޭމްބް އެންޑް ކްރިއޭޓިވް މޯލްޑިވިއަން މީލް ކެޓަގަރީ އިން ގޯލްޑެ މެޑަލް އެއް ވަނީ ހަމަ މިއަހަރު ހޯދާފައެވެ. އަދި ހަމަ މި މުބާރާތުގެ ހޮޓް ކުކިންގް ޕޮއަލްޓްރީ ކެޓަގަރީ އިން ބްރޯންޒް މެޑަލް އެއް ހޯދާފައެވެ. ލަކުޒީން ސިއާލް –އަބޫދާބީގައި ބޭއްވި މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް ހޮޓް ކުކިންގް ޕޮއަލްޓްރީ އިން ގޯލްޑް މެޑަލެއް ހޯދައި ހޮޓް ކުކިންގ ފިޝް ކެޓަގަރީއިން ސިލްވަރ މެޑަލްއެއް ހޯދާފައެވެ. އިސްލާމިކް ކަންޓްރީސް ޗެފްސް ކަޕް އިން އިންތިޒާމުކޮށްގެން ބޭއްވި ވޯރލްޑް ހަލާލް ކަޕްގައި 12ގައުމަކާއި ވާދަކޮށް ރާއްޖެއަށް ބްރޯންޒް މެޑަލް  ހޯދައިދިން ދެ ޝެފުންގެތެރޭގައި އާދިލް ހިމެނެއެވެ. 2018 ވަނަ އަހަރުގެ ހޮޓަލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް އިން ޓޮޕް މޯލްޑިވިއަން ޗެފްގެ މަގާމުވެސް ވަނީ ހޯދާފައެވެ.

އަދި ހަމަ އެ މުބާރާތުން ހޮޓް ކުކިންގ ޕޮއެލްޓްރީ ކެޓަގަރީ އިން ގޯލްޑް މެޑަލް އެއްވެސް އާދިލް ވަނީ ހޯދާފައެވެ. އެ މުބާރާތުގެ މޯލްޑިވިއަން ޑިޝް ކެޓަގަރީ އިން ގޯލްޑް މެޑަލް ވެސް ލިބުނީ އާދިލް އަށެވެ. އަދި މީގެ އިތުރުން މި މުބާރާތުން އެހެން 2 ކެޓަގަރީ އަކުން ސިލްވަރ މެޑަލް އަކާއި ބްރޯންޒް މެޑަލް އެއްވެސް އާދިލްވަނީ ހޯދާފައެވެ. 2016 ވަނަ އަހަރުގެ ބެސްޓް މޯލްޑިވިއަން ޝެފް ގެ އެވޯޑް ވެސް ލިބުނީ އާދިލްއަށެވެ.2015 ވަނަ އަހަރު ބެލްޖިއަމް ގެ މަޝްހޫރު ޝެފެއްކަމުގައިވާ ޝެފް ބެނީތޯ ރާއްޖޭގެ ރިސޯޓެއްކަމަށްވާ ފޯސީޒަންސް ލަނޑާގައި ބޭއްވި މުބާރާތެއްގައި ވާދަކޮށް ގޯލްޑަން ކްލީވަރ އެވޯޑް ވެސް އާދިލް ވަނީ ހޯދާފައެވެ. މީގެ އިތުރުން ވެސް އާދިލް ވަނީ ކެއްކުމުގެ ދާއިރާއިން ތަފާތު ގިނަ ކާމިޔާބީތައް ހޯދާފައެވެ. ފޯސީޒަންސް ލަނޑާ ގިރާވަރުން އޭނާ ކެއްކުމުގެ ކެރިއަރ ފެށިގޮތަށް އެ ރިސޯޓްގައި 7އަހަރުވަންދެން އާދިލް ވަނީ މަސައްކަތްކޮށް ތަފާތު އެތަކެއް ވަނަތަކާއި އެވޯޑްތަކާއި ކާމިޔާބީތައް ހޯދާފައެވެ. އެއަށްފަހު 2019 ވަނަ އަހަތު ފާރުފުށި މޯލްޑިވްސް އާއި ޖޫނިއަރ ސޫ ޗެފެއްގެ ގޮތުން ގުޅި މިހާރުވެސް އެމަގާމުގައި މަސައްކަތްކުރަމުންނެވެ.

އާދިލް ގެ ކާމިޔާބީ ގެ ވާހަކަތަކަކީ ދެއްކިޔަސް ނިމުމެއްނުވާހާ ގިނަ ކާމިޔާބީތަކެކެވެ. މިހާ ޒުވާން އުމުރެއްގައި މިފަދަ ގިނަ ކާމީޔާބީތައް ހޯދުމަކީ އޭނާގެ މުސްތަގްބަލަށް އެޅިގެންދާ ފަހި ބިންގަލެއްކަމަށް އާދިލް ދެކެއެވެ. ކާމިޔާބީގެ ފަހަތުގައިވަނީ ކޮން ސިއްރެއްތޯ އަހާލުމުން އާދިލް ބުނީ“އަބަދުވެސް ލިބޭ ރަނގަޅު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި ރަނގަޅު މީހުންނާއި އެއްކޮށް އުޅެވުމުން މިހިސާބަށް މިއާދެވުނީ. އަދި އަހަރެންގެ ސެކްރިފައިޒެސް ތަކާއި ކޮމިޓްމެންޓް ތަކުގެ ސަބަބުން މިގޮތަށް ކުރިއަށް މިދެވެނީ“

އާދިލް ބުނީ އޭނާ ކޮންމެ އަހަރެއް ވެސް ފަށަނީ އެހަރަކު ހާސިލްކުރަން  ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެ ލަނޑުދަނޑިތަކާއި ހަމައަށް ވާސިލް ވާންކުރަން ޖެހޭ އެހެނިހެން މަސައްކަތްތަކަކީ ކޮބައިކަން ބަލައި ރަނގަޅަށް ކަންތައްތައް ރާވާލައިގެންކަމަށެވެ. އާދިލް އެންމެ ނަމޫނާ އަދި އޭނައަށް ހިތްވަރުދީ މަސައްކަތުގައި އެންމެ އެހީތެރިވެދެނީ ޝެފް ބީރު ކުމާރް ޔާދަވް ކަމަށެވެ. ދެން އޭގެ އިތުރަށް މިހާރު އާދިލް އަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާގެ އަންހެނުން އާނިޔާގެ ފަރާތުން ކަމަށެވެ.“ވައިފް މުޅިންވެސް މަސައްކަތްކުރަނީ އަހަރެންގެ ކުރިއެރުމަށް.އަހަންނަށް ލިބޭ އެންމެ ބޮޑު އެންމެ ހިތްހަމަޖެހުމަކީ އެއީ.ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީގައި ވައިފް ހުންނާނެ އެކަމަކުން އަހަންނަށް ކުރިއެރުމެއް ލިބޭ ކޮންމެ ކަމެއްގައިވެސް“. އާދިލް ގެ އާއިލާގެ ފަރާތުން އަބަދުވެސް އާދިލް އަށް އެއްބާރުލިބޭ ކަމަށާއި އޭނާގެ ދިރިއުޅުމުގެ އަސްލަކީ އޭނާގެ އަންހެނުންނާއި އޭނާގެ އާއިލާކަމަށް އާދިލް ފާހަގަކުރިއެވެ.

އާދިލް ވަނީ މާލެގައި 3ކޯސްގެ ފައިވްސްޓާރ މީލްތަކެއްވެސް ތައާރަފްކޮށް ވިއްކަންފަށާފައެވެ.އޭނާގެ އިންސްޓަގްރާމް ޕޭޖް ގައި މި ކޯސް އާ ބެހޭ މައުލޫމާތު ހިމެނިފައިވާއިރު މިހާ ހެޔޮ އަގެއްގައި މިފެންވަރުގެ ކެއުމެއް މާލެއިން ލިބުމަކީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. އާދިލް ގެ މަސައްކަތްތަކަށްވަނީ ދުނިޔޭގެ މަޝްހޫރު އަދި މޮޅެތި ޝެފުންގެ ތައުރީފާއި ސަމާލުކަން ލިބިފައެވެ. އުމުރުން 28އަހަރުގައި މިހާބޮޑެތި މުބާރާތްތަކުގައި ވާދަކޮށް އެތައް އަހަރެއްގެ ތަޖުރިބާކާރު ޗެފުންނާއި ވާދަ ކޮށް ރާއްޖެއަށް މިހާ ބޮޑެތި ކުރިއެރުންތައް ހޯދައި ދިނުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްވެސް އާދިލް އާއި މެދު ފަޙުރުވެރިވާންޖެހޭ ސަބަބެކެވެ. އާދިލް ބުނީ އޭނާ ބޭނުންވަނީ އޭނަގެ ފަރާތުން އިތުރު މީހުންނަށް އާއެއްޗިހި ދަސްވާންކަމަށާއި އޭނަގެ އެހީތެރިކަން ބޭނުންވާ ކޮންމެ މީހަކަށްވެސް އަބަދުވެސް އުފަލުން އެހީވާނެކަމަށެވެ. އަބަދުވެސް އޭނަ މަސައްކަތް ކުރަނީ ކާމިޔާބަށްކަމަށާއި އަމިއްލަ އަތުން ޙަރަދުކޮށްގެން ވެސް މުބާރާތްތަކުގައި ބައިވެރިވެފައިހުންނާނެކަމަށެވެ. އެންމެ ދެކެން ބޭނުންވަނީ ކޮންދުވަހެއްތޯ އަހާލުމުން އާދިލް ބުނީ އެންމެ ބޭނުންވަނީ މިޝެލިން ސްޓާރ އެއް ލިބުންކަމަށެވެ.

އަޅުގަނޑުމެން އެންމެ ވެސް އެދެނީ ރާއްޖޭގެ ޝެފަކަށް އެވަރުގެ ކާމިޔާބީ އެއް ލިބުމެވެ.ރާއްޖޭގައި މިފަދަ ހުނަރުވެރި ޒުވާނުންތަކެއް އުފެދުމަކީ ޤައުމަށް ލިބިގެންދާ ނުހަނު ބޮޑު ޝަރަފެކެވެ. އަދި މިއީ ކުރިއަރަމުން އަންނަ ޖީލުތަކަށް ކާމިޔާބީއަށް ވާސިލްވާން ލިބޭ ވަރަށް ވެސް ބޮޑު ހިތްވަރެކެވެ.

ގުޅުންހުރި ލިޔުންތައް

03 އައިސްކްރީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

03 އައިސްކްރީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޖެނުއަރީ 16, 2021
އެފްރިކާއިން އާ ވައްތަރެއްގެ ވާލެއް ފެނިއްޖެ

އެފްރިކާއިން އާ ވައްތަރެއްގެ ވާލެއް ފެނިއްޖެ

ޖެނުއަރީ 16, 2021
މުލްހަމް އަނެއްކާ ވެސް އެންމެން ހައިރާންކޮށްލައިފި

މުލްހަމް އަނެއްކާ ވެސް އެންމެން ހައިރާންކޮށްލައިފި

ޖެނުއަރީ 15, 2021
ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ދައްކާލައިފި

ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ދައްކާލައިފި

ޖެނުއަރީ 15, 2021

Comments 2

  1. Boy says:
    6 months ago

    Chef dhivehin liyan neygey noosverin🤦‍♂️

    Reply
  2. haseen says:
    6 months ago

    hiyaamayakee mifadha mubaaraai thaka raaje tamseelukuran meehun v haaluga ulheykan. Football a kharadhu kuraa vara mifadha meehun kuri aruvan masakai nukuraa kan

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ފައުޒާން ނިޔާވުމުގެ ދެ ދުވަސްކުރިން ހިއްސާކުރި ދުޢާއަކުން ގިނަބަޔަކު ރޮއްވާލައިފި

    ފައުޒާން ނިޔާވުމުގެ ދެ ދުވަސްކުރިން ހިއްސާކުރި ދުޢާއަކުން ގިނަބަޔަކު ރޮއްވާލައިފި

    0 shares
    Share 0 Tweet 0
  • ހީނާ ވަލީދުގެ ވަރުގަދަ ސުވާލެއް ރައީސް ޞާލިޙަށް

    0 shares
    Share 0 Tweet 0
  • މަރުވިތާ 7 އަހަރު ފަހުން މީހަކު އެނބުރި ގެއަށް

    0 shares
    Share 0 Tweet 0
  • ވާރިސުން ތިބިއިރު ބަލާނެ މީހަކު ނުވި، އެންމެފަހުން ދައުލަތުން އަލިފުތާއި ހަވާލުވެއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In