އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 17 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 17 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާ، 03 ބަންގުލަދޭޝް މީހުންނާ، ސްރީލަންކާ އެކަކެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 66،606 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 433 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި 21 ފަރާތެއް ވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި މިބަލީގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.