ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި ކޯލިޝަންގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ބާކައުންސިލަށް ހުށައެޅުނު ޝަކުވާތަކުގައި ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ވާވަހަކަތަކެއް އެބަހުރިކަމުގައެވެ.
އާދަޔާ ހިލާފު ގިނަ އަދަދެއްގެ ފައިސާ ވަކީލު ފީގެ ގޮތުގައި ނަގާފައިހޔރިކަމަށް ތުންތުންމަތިން އެބަ އަޑުއިވޭ ކަމަށާއި އެކަމުގައި މިލިއަން ޑޮލަރުން ފައިސާ ނަގާފައި އެބަހުރި ކަމަށެވެ. އަދި މިކަމާމެދު އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާކަމުގައެވެ.ހަމައެއާއެކު މި ފައިސާ ނެގުމަށްފަހު މި ފައިސާގެ އަސްލު އޮޅުވާލުމަށްޓަކައި މީހެއްގެ އަތުން ނެގި ލޯނެއް ކަމަށް ބުނެ އެ ލޯނަކަށް ހަދައިގެން މަނީ ލޯންޑަރީ ކުރުމުގެ މަސައްކަތްކޮށްފައވާ ކަމުގައިވެސް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.
”އެހެންކަމުން އަޅުގަނޑުމެން މި ގޮވާލަނީ ހުސެން ޝަމީމް ހޯދި ފައިސާ، ހޯދި ގޮތެއް ބަލާ، އަދި މަނީ ލޯންޑަރީކުރުން މީގައި ހިމެނޭ ކަމުގައި ވާނަމަ އެ މައްސަލަ ބައްލަވައިދެއްވާ ހުސެން ޝަމީމް ގެ ހައްދަވާފައިވަނީ ކޮން ފައިސާ އަކުން ތޯ ކަށަވަރު ކޮށްދެއްވާށޭ“ އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިއީ މިއީ ބާކައުންސިލަށް ހުށައެޅިފައިވާ ކަންތައްތަކެއް ކަމަށާއި މިކަމާމެދު އެ ކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމުގައެވެ.