ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ދިޔަ ތިން މިސްކިތް ޑިސްއިންފެކްޓު ކުރުމަށް ފަހު އަލުން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ބަންދު ކޮށްފައިވަނީ މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން މިސްކިތާއި، މުހައްމަދު އިމާދުއްދީން މިސްކިތް އަދި މަސްޖިދުއްއަފީފުއްދީނެވެ. މި ތިން މިސްކިތް ޑިސްއިންފެކްޓް ކުރަން އިއްޔެ ބަންދު ކުރުމަށްފަހު މިއަދު ވަނީ ހުޅުވާލައިފައި ކަމަށެވެ.
މާލެއިން ކޮވިޑް 19 ފެނުމުގެ ކުރިން މިސްކިތްތައް ބަންދު ކުރުމަށް ފަހި އަލުން ހުޅުވާލައިފައި ވަނީ މިމަހުގެ 01 ވަނަ ދުވަހުއެވެ.
ކޮވިޑް 19 އާއި ގުޅިގެން މިސްކިތްތައް ބަންދު ކުރުމަށް ފަހު ހުޅުވާލި ފަހުން މިސްކިތަކުން ޕޮޒިޓިވް ކޭސް ފެނި ބަންދު ކޮށްލަން ޖެހުނު މިއީ ފުރަތަމަ ފަހަރެވެ.