DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޝަހާމާ އަބްދު ރަހީމް ލިޔުނީ: ޝަހާމާ އަބްދު ރަހީމް
ޖުލައި 24, 2020
ޚަބަރު
0
ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް | ފޮޓޯ: ރައީސް އޮފީސް

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

ADVERTISEMENT

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 15 ޖުލައި 2020 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާޙުގައި ބަޔާން ކޮށްފައިވާގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ، އޭގެ އެފް.އޯ.ބީ އަގުގެ ފަންސާސް އިންސައްތަ އެވެ. އަދި ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފް.އޯ.ބީ އަގުގެ ފަހެއް އިންސައްތަ ރޯޔަލްޓީއެއް ދައްކަންވާނެއެވެ.މި އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިނެއް އިންސައްތަ، ޤާނޫނު ނަންބަރު 2012/7 ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޤާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ފަންޑަށް ޖަމާކުރަންޖެހެއެވެ. 

އަދި މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއްކަމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުންވެސް މި ބިލުގައި އެކި ބާވަތްތަކުން ނަގާ އިންޕޯޓް ޑިއުޓީއަށް ގެންނަވާފައި ބަދަލުތަކުގެ ތަފްޞީލުތައް ހިމަނުއްވާފައިވެއެވެ.ހަމައެއާއިއެކު މި ޤާނޫނުގެ ދަށުން މާލެ ސަރަޙައްދު ފިޔަވައި ދިވެހިރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މި ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެން ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީއިން ފަންސާސް އިންސައްތަ މަޢާފުކުރެވޭނެއެވެ. 

މީގެ އިތުރުން ދިވެހިރާއްޖެއިން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާ އަކުން އެއް ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ. މި ބިލު މިއަދު ވަނީ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ 1 އޮގަސްޓް 2020 އިން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ޖެނުއަރީ 27, 2021
އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ލެވޭ އިސްލާހު ހުށައަޅައިފި

ޝައިޚް ޝަފީޢުގެ ވަރަށް މުހިންމެ މެސެޖެއް: އެންމެ ބޮޑަށް އަމާޒުވަނީ އިމްރާނަށް

ޖެނުއަރީ 27, 2021
ރައްޔިތުން މަޖިލީހުގެ ސާރޖެންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި

ރައްޔިތުން މަޖިލީހުގެ ސާރޖެންޓް އެޓް އާމްސް ސަސްޕެންޑްކޮށްފި

ޖެނުއަރީ 27, 2021
”އެލެކްސް އަޙްމަދު“، ޑރ.އިޔާޒަށް: އަޅުގަނޑާއި ހިތާވަނީތަ، ލޯބި ވަނީތަ، ހާދަ އަޅައިގަނެފައޭ!

ރ.ނަޝީދު ޖޭއެސްސީން ބޭރުކޮށްލަން ޑރ.އިޔާޒް ގޮވާލައްވައިފި

ޖެނުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In