DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

”މައިސަރާ“ ކޯވީޑް-19ގެ ސަމްޕަލް ނެގުމާއި ޕޮސިޓިވް މީހުން ޓުރަންސްފާރ ކުރުމުގައި އަވަދިނެތި

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
ޖުލައި 25, 2020
ރިޕޯޓް
3
”މައިސަރާ“ ކޯވީޑް-19ގެ ސަމްޕަލް ނެގުމާއި ޕޮސިޓިވް މީހުން ޓުރަންސްފާރ ކުރުމުގައި އަވަދިނެތި

މައިސަރާ ޢަބްދުލް ސައްތާރަކީ ޤައުމީ ޔުނިވަރސިޓިގައި ނާސިން ކިޔަވަމުންދާ އުމުރުން ވަރަށް ހަގުކުއްޖެކެވެ. ޤައުމީ ޔުނިވަރސިޓިގެ ސުޓުޑެންޓް ޔޫނިއަންގައި އެސިސްޓަންޓް ސެކެޓަރީ މަޤާމް އަދާކުރަމުން ގެންދަވާ މައިސަރާއަކީ ވަރަށް ހިތްވަރުގަދަ ފިސާރި ކެރޭ ޖެހިލުންކުޑަ އެހާމެ ހީވާގި ޒުވާނެކެވެ.

ADVERTISEMENT

މުޅި ދުނިޔެއަށް ކުރިމްރިވެފައިވާ ކޯވީޑް-19ގެ ބަލިމަޑުކަން ރާއްޖޭގެ މައިގޭޓް ފޫއަޅުވާލާ ރައްޖެގައި މި ބަލި ހަލުވިކަމާއެކު ފެތުރެން ފެށި ހިސާބުން ފެށިގެން މިއަދާއި ހަމައަށް ބިރަކާނުލާ އެގެންދަވަނީ ރެޕިޑް ރެސްޕޮންސް ޓީމާއެކު އެއްވެސް އަގަކާނުލައި ސައިކޮލޮޖީ ސޯޝަލް ސަޕޯޓުން ފެށިގެން ސަމްޕަލް ނެގުމުގެ އިތުރުން ކޯވިޑަށް ޕޮސިޓިވް ވެފައިވާ ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގައި މާލޭގައި ވޮލެންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ވާނީވެސް އެހެންތާއެވެ. ނާސިންގެ ދާއިރާއިން ތަޢުލީމް ހަޞިލް ކުރަންފެށި އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމާއެކު އެފަދަ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް އެންމެ އުނދަގޫ ވަގުތުތަކުގައި އެހީ ތެރިވުމުގެ މަތް މަޤަޞަދުގައެވެ. އަބަދުވެސް އެންމެން ދަންނަ އަދި އާއިލާގެ އިތުރުން މިޤައުމް ފަޙްރުވެރިވާ ފަދަ ދަރިޔަކަށް ވުމަށް ދެކެމުންދާ ހުވަފެން ހަޤީގަތަކަށް ހެދުމުގެ ފޮނި އުންމީދުގައެވެ.

މި އަހަރުގެ ރޯދަމަހުގައި ކޯވީޑް-19ގެ ވޮލެންޓިޔާ މަސައްކަތް ކުރަންޖެހުނީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުގައި ކަމަށައި ރޯދައަށް ހުރެގެން ސަމްޕަލް ނެގުމުގެ ކަންކަން ކުރަމުން ދިޔަ ދުވަސްތަކުގައި ސަމްޕަލް ނެގުމަށް ބައެއް ގޭގެއަށް ދިޔުމުން އެގޭ ގެގައި ދިރިއުޅޭ ރައްޔިތުން ތަޢުރީފްގެ ބަސް ބުނެ ހަދާކަމަށާއި އެފަދަ ވަގުތުތަކުގައި ވަރަށް އުފާވަކަމަށައި މަސައްކަތްކުރުމަށް އިތުރު ހިތްވަރު ލިބިގެން ދިޔަކަމަށް ވަރަށް އުފަލުން އިދެ މައިސަރާ މި ވާހަކަ ކިޔާއިދިނެވެ. މިހާރު ވެސް މަގުމަތީގައި ރެންޑަމް ސަމްޕަލް ނެގުމުގައި އަވަދިނެތި އުޅޭ ވަގުތުތަކުގައި ވެސް ތަޢުރީފްގެ ބަސްތައް ލިބޭކަމަށެވެ. ”މީހުން އައިސް ބުނާނެ ތިކުދިން ތިކުރާ ހިތްވަރަށް ހަމަ އަށްސަރިބަހާ ސާބަސް“ އުފާވެރި ރާގެއްގައި މައިސަރާ މި ވެސް ވާހަކަ ބުނެދިނެވެ.

މާލެއިން ފުރަތަމަ މީހާ ކޯވީޑަށް ފައްސިވީއިރު މައިސަރާ ހުރީ ރިސޯޓަށް ސަމްޕަލް ނެގުމަށް ގޮސްކަމަށާއި ފުތަމަ މީހާ ޕޮސިޓިވް ވި ވާހަކަ އަޑު އިވުމުން ވަރަށް ދެރަވިކަމަށް ބުންޏެވެ. އެއީ މާލޭގައި ގިނަބަޔަކު ތޮއްޖެހިގެން އުޅޭތަނަކަށް ވާތީ އެކަކަށް ބަލި ޖެހުންކަމަށް ވީ ނަމަވެސް ހަލުވިކަމާއެކު ބަލި ފެތުރޭނެތީ ކަމަށް މައިސަރާ ބުނެއެވެ. އެދުވަހު އާއިލާއިން ގުޅައި ރަށައް އައުމަށް ބުނި ކަމަށާއި ނަމަވެސް އާއިލާއަށް ވިސްނަދިނިން ރާއްޖޭގެ ޞިއްޙީ ދައިރާގައި އެކަށިގެންވާ އަދަދަށް މިހުންނެތް ކަމަށާއި މިވަގުތަކީ ޤައުމު އަހަރެމެންގެ ބޭނުން އެންމެ ބޭނުންވާ ވަގުތުކަމަށް ބުނެ ވިސްނައިދިނީމެވެ.

”ރިސޯޓުން އައި ގޮތަށް ދިޔައީ ދަރުބާރު ގެއަށް. އޭރު މުޅި މާލޭ އޮތީ ލޮކްޑައޮން ކޮށްފަ. އެވަގުތަކީ އެންމެން ވެސް ވަރަށް އަވަދިނެތި ކޮންޓެއްކުޓް ޓުރެކިން އާއި ސަމްޕަލް ނެގުމުގެ އިތުރުން ޕޮސިޓިވް މީހުން ޓުރަންސްފާރގެ މަސައްކަތް ކުރަމުން ދިޔަވަގުތު. މައިސަރާ އެދުވަސް ސިފަކޮށްދިނެވެ.“

މައިސަރާއަކީ ވަރަށް ހިތްހެޔޮ އެންމެނާއި ވެސް ގުޅޭ ހެޔޮލަފާ އަހްލާގު ރަނގަޅު ކުއްޖެކެވެ. ބައެއް ވަގުތުގައި އާއިލާގެ އިތުރުން ރަޙްމަތްތެރިން މަތިން ވަރަށް ހަނދާންވާކަމަށް މައިސަރާ ބުނެއެވެ. މީ ވަރަށް ތަފާތު ތަޖްރިބާއެއް ކަމަށާއި ނުދަންނަ މީހުންނާއެކު މަސައްކަތް ކުރަންޖެހުމުން އާކަންތައް ދަސްވެގެން ދިޔަކަމަށާއި އެމީހުންނަކީ މިހާރު އާއިލީ ބައެއްގެ ގޮތުގައި ބެލެވެނީވެސް، އެހާވެސް ކުލޯސެވެ. އަޅުގަނޑަށް އެއްބާރުލުން ދެއްވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އަދި ވަކިން ޙާއްސަކޮށް އެންމެ ލޯބިވާ މަންމަ އާއި ބައްޕައަށް ނުހަނު އިޙްތިރާމާއެކު ޝުކުރުއަދަކުރަމެވެ.

އަޅުގަނޑުމެން ވެސް އެދެނީ މައިސަރާ ގެ ދެކެމުންދާ ފޮނި ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހިގެން ދިއުމެވެ.

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ޖެނުއަރީ 22, 2021
ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021

ކިޔުންތެރިންގެ ޚިޔާލު 3

  1. Mary says:
    6 months ago

    Saabahey thikuraa hith varah

    Reply
  2. Ahmed says:
    6 months ago

    އަހަރެން ހީކުރީ ކުރީގެ ޓީވީ ޕްރެޒެންޓަރ މައިސަރާ އަބްދުއްސައްތާރު ކަމަށް.

    Reply
    • 1828 says:
      6 months ago

      ma ves

      Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In