DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މިނިވަންކަމަކީ ކޮބައިތޯއެވެ؟

އަބްދުﷲ ޖަޒްލާން ލިޔުނީ: އަބްދުﷲ ޖަޒްލާން
ޖުލައި 26, 2020
ރިޕޯޓް
0
މިނިވަންކަމަކީ ކޮބައިތޯއެވެ؟

މިއަދަކީ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ ގޮތުގައި މިދީބު ފާހަގަކުރާ ކުލަގަދަ އެހާމެ އުފާވެރި ދުވަހެކެވެ، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްވި ދުވަހެވެ. މިހުރިހާ މަޢުލޫމާތެއް އަޅުގަނޑަށް އެނގޭ ފަދައިން ތިއެންމެ ބޭފުޅުންނަށްވެސް އެނގިލައްވާނެކަމާއި މެދު ޝައްކެއްނެތެވެ. މާތްﷲގެ ރަޙްމަތުން ކޮންމެ ފަހަރަކުވެސް ދިވެހިން ބައެއްގެ އިސްތިޢުމާރުގެ ދަށަށްދާ ކޮންމެ ދަނޑިވަޅެއްގައި ހިތްވަރުގަދަ ބަތަލުންތަކެއް ވަނީ މި ޤައުމު މިނިވަންކޮށްދީފައެވެ. އަދި ފުރާނަ އައްޑަނައަކަށް ނަގައިގެން ޖެހިލުމެއްނެތި އަޅުގަނޑުމެންނަށް މިއަދު މި އިޙްސާސްކުރެވޭ މިނިވަންކަން ހޯދައިދިނުމަށްޓަކައި ޤުރުބާންވެ ޝަހީދުވެގޮސްފައެވެ. ރާއްޖޭގެ ތާރީޙަކުން ދުވަހަކުވެސް މި އަބްތާލުންގެ ނަމެއް ފަނޑުވެގެނެއްނުދާނެއެވެ.

ADVERTISEMENT

ނަމަވެސް ކޮށްލަން ޖެހޭ ސުވާލަކީ މިނިވަންކަމަކީ ކޮބައިކަމެވެ؟ މިނިވަންކަމުގެ ބޭނުން މީހުން ހިފަނީ ކިހިނެއްކަމެވެ.؟ އަދި އަޅުގަނޑުމެން މިނިވަންވެފައި މިވަނީ ކިހާވަރަކަށްކަމެވެ؟ މިނިވަންކަމަކީ މާތް ވެގެންވާ އިސްލާމީ ހުދޫދުތަކުގެ ތެރޭގައި ގައުމެއްގެ ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމުގެ މިނިވަންކަމެވެ. ލިޔެ ކަނޑައެޅި ކަށަވަރުކޮށް ތަސްދީގުކުރެވިފައިވާ ގާނޫނަކުން ލިބިދޭންޖެހޭ ހައްގުތައް ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާއި އެކު ލިބިގެންދިއުމެވެ. އަދި އެއަށް ޢަމަލު ކުރާނެ މިނިވަން މާޙައުލެއް ބިނާކުރެވިފައި އޮތުމެވެ. އިގްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން ގައުމު ހިންގާނެ ބާރު ރިޔާސަތަށް ކަނޑައެޅިގެންވާ މިންވަރަށް މިނިވަންކަމާއި އެކު ލިބިދިނުމުގެ މިނިވަންކަމެވެ. ދުލާއި ގަލަމުން މުޢާމަލާތްކުރުމުގެ މިނިވަންކަމެވެ. ބަސްބުނެ ބަސް އަޑުއަހައި އެއަށް ޢަމަލުކޮށް އެކަންތަންފީޒުކުރުމުގެ މިނިވަންކަމެވެ. މިދެންނެވި ކަންކަމަކީ މައިގަނޑުގޮތެއްގައި މިނިވަންކަމުގެ މަސްދަރުތަކެވެ. ނަމަވެސް އަނެކާގެ މިނިވަންކަމާއި ތިބާގެ އަމިއްލަ ނަފްސުގެ މިނިވަންކަމަކީ ވަކި މިންގަނޑުތަކެއް ކަނޑައެޅި ހަމަތަކެއްގެ ތެރެއިން ޢަމަލުކުރެވިގެން ނުގޮސްފިނަމަ މުޖްތަމަޢުގެ ދެންތިބި މީސްތަކުންގެ މިނިވަންކަމަށް ނޭދެވޭ ގޮތަކުން އަސަރުކޮށްފާނެ ފަދަ ކަންތައްތަކެވެ. މުޖްތަމަޢު ގެ މަސްލަހަތު ގެއްލި އޭގެއިން ފިތުނައާއި ފަސާދަ އުފެދިގެން ހިނގައިދާނެ ފަދަކަންތައްތަކެވެ. މިކަން މިގޮތަށް އޮތްއިރު މިކަމާއި ދޭތެރޭ ވިސްނާ އެއަށް ޢަމަލުކުރާނެ މީހުންވަރަށް މަދެވެ. ދުލުގެ މިނިވަންކަން ހައްގުވާކަމަށް ގަލަމަކުން ލިޔެ އެނގި ހާމައަށް ފެންނަން އޮތަސް ތިމާ ސިކުނޑިއަށް އަންނަ ކޮންމެ ޚިޔާލެއް ފާޅުކުރުމަކީ މިނިވަންކަމުގެ އަސާސެއްނޫނެވެ. މިނިވަން މުސްތަގިއްލު މާހައުލެއް ދެމިއޮންނާނީ އިޙްތިރާމާއި އެއަށް ދޭންޖެހޭ ގަދަރު އަހަރުމެންދީގެންނެވެ. މިނިވަން މާހައުލެއްގައި އަނެކާގެ ހިތްދަތިކަމަށް ލުޔެއް ހޯދައިދެވޭނެ މަގުތައް ފަހިވެފައި އޮންނަންވާނެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ ހިތްހަމަޖެހުމުގެ އިތުރުން ދެން ތިބޭ އަޚުންނާއި އުޚުތުންގެ ހިތްހަމަޖެހުމަށްވެސް އިސްކަމެއްދޭންވާނެއެވެ.

ހިތާމައަކީ މިއަދު މުޖްތަމައުގައި ފެނިގެން މިދަނީ މިނިވަންކަމުގެ ނަމުގައި ޒާތީ ފިތުނަ އާއްމުވެފައިވާތަނެވެ. އާއްމު މަސްލަހަތަށްވުރެ ބޮޑަށް އަމިއްލަ ޚިޔާލު ފާޅުކޮށް ކަންކަމުގައި ޚިލާފުވެ ޒުވާބުކޮށް ހަމަނުޖެހުން ހިންގާތަނެވެ. ތިމާއަށްކުރެވޭ ކަމެއްގެ ސަބަބުން ދެން ހުންނަ މީހަކަށް ނޫނީ މުޖްތަމައުގެ ތެރޭގައި ދެން ތިބޭ ބަޔަކަށް ކޮށްފާނެ ނޭދެވޭ އަސަރަކާއިދޭތެރޭ ވިސްނާ ނުލައި ކޮންމެ ފަދަ ކަމެއްވެސް ފެށިނިމިގެންދާތަނެވެ. މިކަންކަން ހުއްޓުވޭނެ މަގެއް ނެތި އެހެނަސް މިއީ މިނިވަންކަމުގެ ތެރެއިން ހިނގާކަންކަންކަމަށްބުނެ ލޮލުން ބަލަން އުނދަގޫ އަދި ކަންފަތުން އަޑުއަހަން ދަތި އެތައް މަންޒަރެއް މިއަދު މި ކުޑަކުޑަ މުޖްތަމަޢުތެރެއިން ފެނިގެންއެބަދެއެވެ. އެކަން ހައްލުކުރެވޭނެ ފަދަ މިނިވަންކަމެއް އެކަމަކު ގާއިމްކުރެވިފައެއްނެތެވެ. މިހިސާބުން އަނެއްކާވެސް މިނިވަންކަމަށް މިއޮތީ ފުށުއަރާފައެވެ. މިނިވަންކަމުގެ ސަބަބުން އުފެދިގެން އަންނަ މައްސަލަތައް ހައްލުކުރުމުގެ މިނިވަންކަމެއްނެތީމައެވެ. ފާޅުގައި ދީނަށާއި ކީރިތި ޤުރްއާނަށް ބަސްބުނެ ދީނުގައި ކަނޑައަޅާފައިހުންނަ ކަންކަމުން އަނެއް މީހާ މަގުފުރެއްދުމަށް ދައްކާވާހަކައެއް މިނިވަން ވެގެން ނުވެއެވެ. މިނިވަންކަން ފެށެނީ އިންސާނާގެ މަސްނޫއީ އިމުގެ ތެރެއިންނެވެ. ސިކުނޑި ދައުރުވުހާގޮތަކަށް އިންސާނަކު މިނިވަނެއްނުވާނެއެވެ. ހަގީގަތަކީ އެއީކަން އެންމެންވެސް ގަބޫލޫކުރަންޖެހޭނެއެވެ. މީހުންގެ މަސްކެއުމާއި ދެބައޮޑުވުމާއި ހަގީގާތާއި ޚިލާފުވާހަކަތައް ދެއްކުމަކީ މިނިވަންކަމެއްނޫނެވެ. ނިވާކަންކުޑަ ހެދުންއަޅައި މީސްމީޑިއާގައި އާއްމުކޮށް މީހުންގެ ތެރޭގައި ލައިގެން އުޅުމަކީ މިނިވަންކަމެއްނޫނެވެ. އަދި މަގުންދާ މީހުންނަށް ލޯއަޅައި މަގުން ދާތީކަމަށް ބުނެ ފޮށުމަކީވެސް މިނިވަންކަމެއްނޫނެވެ.

މިނިވަންވެގެންވާ ސިކުނޑިއެއްގައި ހެވާއި ނުބައި އެހެންމީހެއްގެ ނުފޫޒާއި ނުލައި ވިސްނައިގަނެވޭނެ ގާބިލްކަން ހުންނާނެއެވެ. ތިމާގެ މިނިވަންކަމުން ލިބިދީފައިވާ ހައްގުތަކަށް ރައްކާތެރިވާންޖެހޭނެއެވެ. މިނިވަންކަމާއި އެއްކޮށް އުޅެ އެހެންމީހުންނަށް ވެސް އެ ފުރުސަތު ހޯދައިދޭންވާނެއެވެ. ބަޔަކު މި ޤައުމު މިހާ ހިސާބަށް ގެނައީ ޝަހީދުވެ ފުރާނަ ގުރުބާންކޮށްލައިގެންނެވެ. އެހެންކަމުން އޭގެ އަގު އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެންނަށް އަދާވޭތޯ ސުވާލުކޮށްލަން އެބަ ޖެހެއެވެ. އިންސާނަކަށް މިނިކަންކަންވެސް ހައްގުވެގެންވަނީ ވަކި ވަރަކަށެވެ. ސަބަބަކީ ހައްދު ފަހަނައަޅައި ދާވަރަށް މީސްތަކުން މިނިވަން ވެއްޖިއްޔާ ހެވާއި ނުބައި ވިސްނުނަސް ޢަމަލުތައް ދާނީ ހަވާނަފްސުގެ މަގުންނެވެ. އޭގެ ނަތީޖާ މިހާރު މިކުޑަ ކުޑަ ގައުމުން ފެންނަން އެބައޮތެވެ. މިނިވަންކަމުގެ ނަމުގައި ބޮޑެތި ފިތުނަތައް އާއްމުވެ އެއަށް ބަސްބުނާ މީހުންނަށް އެ އަރައިގަނެވެނީ އަނެކާގެ މިނިވަންކަމަށޭ ކިޔާ މައްސަލަ ހުށައެޅެއެވެ. މިނިވަންކަންވެސް މިވަނީ ހަތިޔާރަކަށްވެފައެވެ. ރޯމާދުވާލު ލޯކުރިމަތީގައި ހިނގަންނުޖެހޭ އެތައް މަންޒަރެއް ހިނގާއިރު އެކަން އެހިނގަނީ މިނިވަންކަމުގެ ދަށުންނެވެ. މިއީ މިކަން ހަމަޖެހިފައި އޮންނަ ގޮތެއްނޫނެވެ. އެކަކުގެ މިނިވަންކަން ފެށޭނީ އަނެކާގެ ހައްގުތަކާއި ހަމައިންނެވެ. އެކި ހާލަތުގައި ބަސްބުނެ ޢަމަލުކުރެވޭނީ ވަކި ހަމަތަކަކުންނެވެ. ބައެއްކަންކަން ގާނޫނަކުން ކަނޑައެޅިފައި އޮތަސް މީހަކު ކިޔައިދޭން ނެތަސް ތިމާ އަމިއްލައަށް އެވަރު ދަނެގަނެ ވިސްނަންވެއްޖެއެވެ.

ރާއްޖެއަށް މިފަދަ އުފާވެރި ދުވަހެއް ފާހަގަ ކުރުމުގެ ފުރުސަތު ލިބުމަކީ އެކަމާއި މެދު އަޅުގަނޑުމެން އެންމެންވެސް ޝުކުރުކޮށް އެކަން ދަމަހައްޓަން މަސައްކަތްކުރަންޖެހޭ ކަމެކެވެ. މިނިވަންކަމަކީ ބައެއްގެ އަތްދަށުވެ ނޫނީ ތަނެއްގެ ތެރޭގައި ބަންދުވެފައި އޮންނަ ބަންދުވުން އެކަންޏެއްނޫނެވެ. ތިމާގެ ފިކުރުން ތިމާގެ މިނިވަންކަން މިންއަޅައި ތިމާ ހުރަސް ކުރަން ނުޖެހޭ ހަރުފަތްތައް ކަނޑައަޅައި މުޖްތަމައުގައި އެ އޮންނަ މިނިވަންކަމަށްވުރެ އެތަނުގައި ލިއްބައިދޭންޖެހޭ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ ފުރިހަމަ މިނިވަންކަމުގެ އެންމެ މައިގަނޑު އެއް އަސްލެވެ.

އަޅުގަނޑުގެ އަބަދުވެސް އެދުމަކީ ކޮންމެ ރައްޔިތަކުވެސް އެ ބޭފުޅެއްގެ މިނިވަންކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރައްވައި ކަނޑައެޅިފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓެވުމެވެ. އަދި އަޅުގަނޑުމެންގެ މިރާއްޖެ ތާއަބަދަށް މިނިވަން ފަސްގަނޑެއްގެ ގޮތުގައި ލަހައްޓަވައި މި ގައުމަށްޓަކައި ޝަހީދުވި އެންމެހާ ލޮބުވެތި އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވުމެވެ. ސަބަބަކީ މިގައުމު މިނިވަންކަންމަތީ މިހާ ހިސާބަށް ގެނެސްދެއްވާފައިވަނީ އެ ބޭކަލުން ކަމަށްވާތީއެވެ.

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ޖެނުއަރީ 22, 2021
ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In