ރާއްޖޭގެ މިނިވަންކަން މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވައި މާރިޔާ ވިދާޅުވީ ރާއްޖެ އަށް މިނިވަންކަން ހޯދައި ދިނުމަށް ކާބަފައިން އަމަލުކޮށްފައި ވަނީ ވަރަށް ހިކުމަތްތެރިކަމާ އެކުގައި ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ދިވެހި ސިފައިން ދެމިތިބޭނެ ކަމަށެވެ.
މިނިވަންކަން މިގޮތުގައި ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގިސްދިނުމަކީ އެންމެ ބޮޑު އެއް ވާޖިބު ކަމަށާއި
އެ ވާޖިބު އަދާކުރުމަށްޓަކައި އެންމެ އިސް ދައުރެއް ކުޅެމުންދަނީ ވެސް ދިވެހި ސިފައިން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
”ފަހުރުވެރި ދިގު ތާރީހެއްއޮތް ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ސިއްރަކީ ކާބަފައިންގެ ހިކުމަތު އަމަލީ. މި މިނިވަން ކަނަ މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސް ދިނުމަކީ އަޅުގަނޑު މެންގެ ބޮޑު ވާޖިބެއް.“ މާރިޔާ ވިދާޅުވިއެވެ.