ރާއްޖެއިން އ.ދ ގެ 172 ގައުމާއި އެއްކޮށް ޚާރިޖީ ގުޅުންތައް ބަދަހިކޮށްފައިވާނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ
ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ދާޚީލީ ކަންކަމާއި ބެހޭ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ އދ.ގެ މެމްބަރު ޤައުމްތަކުގެ ތެރެއިން 172 ގައުމަކާއި ރާއްޖެއާއި ދެމެދު އޮންނަ ދާޚިލީ ގުޅުން ބަދަހި ކުރައްވާފައިވާނޭކަމަށެވެ. ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ޙާލަތުގެ ސަބަބުން ހުރި ގޮންޖެހުންތަކުގެ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންވެސް ރާއްޖެއަށް ކުރިމަތިވީ މިފަދަ ޙާލަތެއްކަމަށާ، މިފަދަ ކަންކަމަމުން އަރައިގަނެވޭނީ ޤައުމުތަކުގެ އެހީތެރިކަމާއެކުކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވީ ގެއްލުންތަކުގެ ވާހަކަ ފާހަގަ ކުރައްވަމުން މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖެއަށް ކެނޑިނޭޅި ޤައުމުތަކުން ވަމުން އަންނަ އެހީތެރިކަން ފޯރުކޯށްދެމުން އަންނަ ހުރިހާ އެކުވެރި ޤައުމުތަކަށް ޝުކުރު ދަންނަވާކަމަށާއި ޜާއްޖޭގެ ތަރައްޤީގައި އެ ހުރިހާ ޤައުމުތަކަކީވެސް މުހިންމު ބައިވެރިންތަކެއްކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚަރިޖީ ސިޔާސަތުގައި އެއްވެސް ޤައުމަކާއެކު އޮންނަ ގުޅުން ހިނާރުވިޔަ ނުދިނުމަށް ކެނޑިނޭޅި އެ މިނިސްޓްރީ އިން އަންނަނީ މަސައްކަތްކުރަށްވަމުންކަމަށެވެ.
އދ.ގެ މެމްބަރުގެ ޤައުމްތަކުގެ ތެރޭގައި 193 ގައުމެއް ހިމެނެއެވެ. ރާއްޖޭގެ 55ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ވާޗުއަލް ޑިޕްލޮމެޓިކް ރިސެޕްޝަންގައި ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިތިއްބަވާ ސަފީރުންނާއި މަންދޫބުން ހިމެނިވަޑައިގަންނަވާހެން 107 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.