މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގ އަދި ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވެއްޖެއެވެ.
ނަޖީބްގެ މައްޗަށް ވަނީ ބޮޑެތި ކުށްތަކުގެ ދައުވާއުފުލާފައެވެ. އެގޮތުން ނަޖީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށްވެސް ނަޖީބުގެ މައްޗަށް ހުކުމް ކުރި ގާޒީވަނީ ވިދާޅުވެފައެވެ،
ނަޖީބު ރައްޒާގުވަނީ 2009ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާއި ހަމައަށް މެލޭޝިއާގައި ބޮޑުވަޒީރުކަން ކޮށްފައެވެ. އަދި މަގާމާއި ނުފޫޒުގެ ބޭނުންކޮށް ނަޖީބު ހިންގާފައިވާކަމަށް ދައުލަތުން ތުހުމަތު ކުރާ ކަންކަމަކީ މިހާތަނަށް މި ގައުމުގައި ހިނގާދިޔަ މިފަދަ އެންމެ ބޮޑެތި ޚިޔާނާތްތަކެވެ. އޭގެ ތެރޭގައި ވަން.އެމް.ޑީ.ބީގެ ޚިޔާނާތުގެ މައްސަލަވެސް ހިމެނެއެވެ. މި ހިޔާނާތުގައި ދައުލަތުގެ 4.5 ޑޮލަރަށް ޚިޔާނާތްތެރިވެފައިވާއިރު، މީގެ ތެރެއިން ބިލިއަނެއްހާ ޑޮލަރު ލިބިފައިވަނީ ނަޖީބްއަށްކަމަށް ތުހުމަތުކުރެއެވެ. އަދި މިއަދު ހުކުމް އިއްވާފައިވަނީ މީގެ ތެރެއިން 10މިލިއަން ޑޮލަރާއި ގުޅުން ހުރި މައްސަލައަކަށެވެ.
ނަޖީބު ރައްޒާގުގެ މައްޗަށް 15 އަހަރާއި 20 އަހަރު ދުވަހުގެ ޙުކުމެއް އަންނާނެކަމަށް މައްސަލަ ބަލަމުން އަންނަ ފަނޑިޔާރުންގެ ޓީމުންވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިއީ މިގޮތަށް މެލޭޝިއާގެ ބޮޑުވަޒީރަކަށް މިފަދައިން ހުކުމެއްކޮށް ކުށް ސާބިތުވި ފުރަހަމަ ފަހަރެވެ.