ރާއްޖޭއިން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތް ކުރާ ޚިދުމަތްތެރިންނަށް 120،000 ޑޮލަރުގެ ސާމާނު އޮސްޓްރޭލިޔާ އިން މިއަދު ހަދިޔާ ކޮށްފިއެވެ.
ރާއްޖެއާ މިތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ.
ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައިޅުއްވައިފައި ހުންނަވާ ހައިކޮމިޝަނަރު އުމަރު ރައްޒާގެވެ.
ރާއްޖެއަކީ އޮސްޓްރޭލިއާ އަކީ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށާއި، ކޮވިޑާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ދެމިތިބޭނެ ކަމާއި އަދި ކޮވިޑާއި ގުޅިގެން ރާއްޖޭގެ ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތައް ބޭނުން ކުރުމަށް މިފަދަ އެހީއެއް ދެވުނުކަމަށްޓަކައި އުފާކުރައްވާކަން ހައިކޮމިޝަނަރު ޑޭވިޑް ހޮލީ މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.
ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ އަންސެލް އިން އުފައްދާފައިވާ 12،000 އޯވަރއޯލް އާއި 200،000 އަންގި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި ތަކެތީގެ ތެރޭގައިހިމެނެއެވެ.