ރޭގައި އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ ކޮންގްރެސް އިން ބޭއްވި މުޒާޙަރާގައި ހަރަކާތްތެރިވި ފުލުހުންގެ ގަޔަށް ހަތްޕުނޑު ޖެހުމުގެ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް ވިދާޅުވެ މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މި ފަދަ ޢަމަލެއް ޕީ.ޕީ.އެމްގެ ސަޕޯޓަރަކު ނުހިންގަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބޭފުޅާއަށް އެބައޮތް ކަމަށާއި ޕީ.ޕީ.އެމް އަކީ ފުލުހުންނަށް އިޚުތިރާމް ކުރާ ތަހުޒީބު ޕާޓީއެއްކަމަށެވެ. އަދި އެ އެކަން ކުރި ފަރާތެއް ހޯދައި ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ޝަހީމް ވަނީ އެދިލައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ މި މިމުޒާހަރާތަކުގައި ރޭ ފެނިގެން މިދިޔައީ ކޮންމެ އަކަސް ވަރަށް ވެސް ދަށްފެންވަރުގެ ޢަމަލެއްކަމަށް ގިނަ މީހުންދަނީ ދެކެމުންނެވެ. މިފަދަ ހާލަތެއްގައި ގައިދުރުކަން ނުބަހައްޓައި ސިއްހީ އެއްވެސް ކަހަލަ އުސޫލެއް ނެތި މަގުމައްޗަށް ނިކުމެ މުޒާޙަރާ ކުރުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންތަކަކަށް އޭގެ ގެއްލުންކުރިމަތިވާނެ ކަންތަކެވެ.
އެހެންކަމުން ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުންވަނީ ބާރުގެ ބޭނުންކޮށް އެއްވެތިބި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ، އޭގެ ތެރޭގައި އިދިކޮޅު އިސް ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ. ނަމަވެސް މި ކުޅު ޖެހުމުގެ އަމަލަށް އިދިކޮޅު ފަރާތްތަކުން ވަނީ އިންކާރުކޮށްފައެވެ.