މާދަމާއަކީ 1141 ވަނަ އަހަރުގެ ޙައްޖުދުވަހެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި މުސްލިމް ގައުމްތަކުން މީހުން މި މަތިވެރި އަޅުކަން ކުރުމަށްޓަކައި މައްކާއަށްއާދެއެވެ. ކޮންމެ މުސްލިމަކުވެސް އެންމެ އަދާކުރަން ބޭނުންވާ އަޅުކަމަކަމަށް ހައްޖުގެ އަޅުކަން ވާނެކަން ޔަޤީނެވެ. ނަމަވެސް މިހާރު މިދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތާއި ގުޅިގެން މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވަނީ 160 ޤައުމަކުން 1000 މީހުންނެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން ސައުދީ އިން އެޅުއްވި ފިޔަވަޅެއްކަމަށް އެ ގައުމުން ބުނެއެވެ. އަދި މި އެންމެންނަކީ ވެސް ސައުދީގައި ދިރިއުޅޭ މީހުންނަށް ކަމަށް ވެސް އެސަރުކާރުން ބުނެއެވެ.
މި ފަހަރުގެ ހައްޖުވެރިން ކުރާނީ ”ޙައްޖު އިފްރާދް“އެވެ. މިގޮތަށް ކުރާއިރު ހައްޖުގެ ކުރިން ކުރަން ޖެހޭ އުމްރާއެއް ނުކުރާނެއެވެ. އަދި ހަދްޔުގެ ގޮތުގައި އެއްވެސް އެއްޗެއްކަތިލާކަށް ނުޖެހޭނެއެވެ. ނަމަވެސް ދެން ހުރި ރުކުންތައް ފުރިހަމަކުރަން ޖެހޭނެއެވެ. އެއް މަސް ވަންދެން ހައްޖާޖީން މިފަހަރު މައްކާއަށް ވަނުމަށްފަހު ތިބީ ކަރަންޓީންގައެވެ. މީގެ ކުރިން ސަލާމަތީ ބާރުތަކުން ބޭނުންކުރަމުން އައި މިނާޓަވަރުތަކުގައި މިއަހަރު ތިބޭނީ ހުރިހާ ހައްޖާޖީންކަމަށް ސައުދީ ސަރުކާރުން ހާމަކުރެއެވެ. ސަބަބަކީ މިއަހަރު ހައްޖުގެ އަޅުކަން ކުރުމަށް އަންނަނީ މަދު މީސްކޮޅަކަށް ވެފައި ރައްކާތެރި ގޮތަކީ އެއީ ކަމަށް ބަލާފައިކަމަށް ސައުދީ އަރަބިޔާއިން ބުނެއެވެ. ޖަމްރާތަކާއި ކައިރީގައި ހުންނަ މިޓަވަރުތަކުގައިވަނީ ގައިދުރުކަން ބަހައްޓަންވީ ގޮތާއި ސިއްހީ ގޮތުން ރައްކާތެރިވާން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި ހައްޖުވެރިންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއް ހަމޖައްސާފައިކަމަށް ވެސް ސައުދީ ސަރުކާރުން ވިދާޅުވެއެވެ.
މި ފަހަރުގެ ޙައްޖަށް ނަމިރާ މިސްކިތުގެ ތައްޔާރީތަކަށް ބަލާއިރު ޙައްޖުވެރިން ތިބޭނެ ތަންތަން ފާހަގަކޮށް މިސްކިތްވަނީ ޑިސްއިންޕެކްޓްކޮށްފައެވެ. މިފަހަރުގެ ޙައްޖުވެރިންނަށް ތައްޔާރުކޮށްފައިވާ ޓެންޓްތައް ވެސް ހުރީ ހުރީ ޖަބަލުއް ރަހްމާ (އަރާފަތު ފަރުބަދަ ) ދާދި ކައިރީގައެވެ. ސައުދީ ސަރުކާރުން ހާމަކުރެއްވިގޮތުގައި މިފަހަރުގެ ހައްޖުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ވީހާވެސް ލުއިކޮށް ކަމަށެވެ. އޭގެ ސަބަބެއްކަމަށް ވަނީ މިހާރު ދިމާވެފައިވާ ބަލިމަޑުކަމެވެ.