ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައި ހާމަކޮށްފައިވަނީ ގާނުނީ އިމުގެ ތެރެއިން ރައީސް ޔާމިން އަށް ލިބިދޭންޖެހޭ ބައެއް ހައްގުތަކަށް ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ އިދާރާއިން ދަނީ ހުރަސް އަޅުއްވަމުން ކަމަށާއި އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ބައްދަލުވުމަށް ކަރެކްޝަންސް އިން ވަނީ ހުރަސް އަޅުއްވާފައިކަމަށެވެ.
ނަމަވެސް މިކަމަށް ރައްދުދެއްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިހާނަތަށް އާއިރު އެބޭފުޅުން އެންމެންނަށް މިބައްދަލުވުންތަކާއި، ލޯޔަރު ބައްދަލުވުމާ އަދި އާއިލީ ބައްދަލުވުން އެދެމުން މިއަންނަނީ އީމެއިލް މެދުވެރިކޮށްކަމަށެވެ. ދެން އެއީ މިހާލަތަށް ގެނެސްފައި އޮތް ބަދަލެއްކަމަށާއި އެބަދަލުވާނެކަމަށާއި އެކަން ޢާންމުކޮށް އިޢުލާންވެސްކޮށްފައިވާނެކަމަށެވެ. ދެން މިސިޓީ ހަވާލުކުރެވުނުއިރާ، އެކިފަހަރު ކުރެވުނު މުއާމާލާތްތަކުގެ ދަށުން އެކަމަށް އެދެންވީގޮތް ވަރަށް ސާފުކޮށް ކިޔާދެވިފައިވާނެކަމަށާއި އަދި ޚާއްޞަކޮށް މާލެ ޖަލަށް ވަޑައިގެން އެފޯމް ހަވާލުކުރައްވަން އުޅުއްވީމަވެސް މިކަމުގަ އަމަލުކުރަންވީގޮތުގެ އިރުޝާދު ދެވިފަވާނެކަމަށެވެ. ނަމަވެސް އެގޮތާ ޚިލާފަށް އެކަން ނުކުރައްވަވާ ނެރުއްވި ބަޔާން ވަރަށް ބޮޑަށް ކުށްވެރިވެސްކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.
އެއްވެސް އިރެއްގައި ރައީސް ޔާމިންގެ ވަކީލުންގެ ބައްދަލުވުމަކަށް އެ މުއައްސަސާއިން ހުރަސް އަޅުއްވަން މަސައްކަތްކުރައްވާފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އަހުމަދު މުހައްމަދު ފުޅުވަނީ ދެއްވާފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރައްވާފައި ހުންނެވި ކުރީގެ ރައީސް ޔާމިން އަބްދﷲ ޔާމިން އަބްދުލް ޤައްޔޫމް އާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދައުވާ ކުރައްވާފައެވެ.