DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މިއަދަކީ މާތްވެގެންވާ ބޮޑު ދުވަހެއް، ޙައްޖު ދުވަސް

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
ޖުލައި 30, 2020
ރިޕޯޓް
0
މިއަދަކީ މާތްވެގެންވާ ބޮޑު ދުވަހެއް، ޙައްޖު ދުވަސް

މާތްރަސްކަލާނގެ އިރާދަކުރައްވާ ކޮންމެ އެއްޗެއް މާތް ކުރައްވާ ޚިޔާރުކުރައްވަވައެވެ. އެގޮތުން، މިއަދައަކީ އެކަލާނގެ މާތް ކުރެއްވި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއީ މާތްވެގެންވާ އަރަފާތު ދުވަހެވެ. މަތިވެރިވެގެންވާ ޙައްޖު ދުވަހެވެ. މިދުވަހުގެ ހެޔޮކަމުގެ ބޮޑުކަމާއެކު ޢަރާފާތުގެ އަހުލުވެރިންނަށް ﷲ ދެއްވާ ދަރުމައާއި ސަވާބުގެ ގިނަގުނަ ވެގެންވާ ދުވަހެކެވެ.

ADVERTISEMENT

މިއީ އަޅުގަނޑުމެން މުސްލިމުން އެއްގޮތަކަށް ވެސް ނަގައިލައިގެންވާނެ ދުވަހެއް ނޫނެވެ. ޢަރަފާތް ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މިއަދަކީ މަތް ﷲއަށް ދަންނަވާ ދުޢާ އިޖާބަކުރައްވާނެ ދުވަހެއް ކަމަށެވެ. މިއަދަކީ ﷲގެ އަޅުތަކުންނަށްޓަކައި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

މިއަދަކީ އަޅުގަނޑުމެންގެ މައްޗަށް ﷲ ރަހުމަތެއް ކަމުގައި ބާވައިލެއްވި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ. މިއަދަކީ އެންމެ ގިނައިން ފާފަފުއްސަވައި ނަރަކައިން މުއްތިކުރުމުގެ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވާ ދުވަހެވެ. އެހެން ވުމާއެކު މިއަދުގެ ފޮނިމީރުކަން ހޯދުމަށް އެންމެން ވެސް ގަދައަޅއި މަސައްކަތް ކުރާށެވެ.

މިފަދަ މާތްދުވަހެއް މާތް ﷲ އިސްލާމުންގެ މައްޗަށް ލެއްވުމުން އެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެއެވެ. މިއަދު ހިފާ ރޯދައަކީ ދެއަހަރުގެ ކައްފާރާ ކަމަށްވެސް ދަންނަ ބޭކަލުން ވިދާޅުވެފައިވެއެވެ. އެހެން ވުމުން ޙައްޖުވެރިން ފިޔަވާ މިއަދު ރޯދަހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ސުންނަތެކެވެ. މިއަދު އަޅުގަނޑުމެން ހިފަމުންދާ ރޯދަ އަދި މާތް ﷲ އަށް ދަންނަވާ ދުޢާ އިޖަބާކޮށް ދެއްވާށިއެވެ.

މާތް ރަސްކަލާނގެ އަޅުތަކުންނަށްޓަކައި ނިޢުމަތްތައް ފުރިހަމަ ކުރެއްވި މިދުވަހުގެ ހުރުމަތާމެދު އަޅުގަނޑުމެން ވިސްނަންވާނެއެވެ. އެކަމުން އިބްރަތް ލިބިގަންތުން މުހިންމެވެ. މިފަދަ މާތްވެގެންވާ ދުވަހެއް އަޅުގަނޑުމެންގެ މައްޗަށް މާތް ﷲ ލައްވާފައިވާއިރު އަޅުގަނޑުމެންގެ އަމަލްތައް ހުރީ ﷲ އެންގެވި ގޮތަށްތޯ ސުވާލު ކޮށްލަން ޖެހެއެވެ. ތިމާގެ އަމަލު ތަކާމެދު ސުވާލު އުފެއްދުމަށްފަހު އަމަލުތައް މާތް ރަސްކަނލާންގެ ރުހިވޮޑިގަންނަވާ ގޮތަށް ބަދަލު ކޮށް އެކަލާނގެ ލޯތްބާއި، ރުހިވޮޑިގަތުން ހޯއްދެވުމަށް އެންމެން މަސައްކަތް ކުރަމާ ހިނގާށެވެ.

މިއަދު މާތްވެގެންވާ މައްކާގެ ފަޒާވަނީ ޙައްޖާޖީންގެ ތަލްބިޔާގެ އަޑުން ގުގުމައިލާފައެވެ. ޙައްޖުގެ އަޅުކަން    އަދާކުރުމަށް މައްކާގެ މާތްބިމަށް ދެމިލިއަނަށްވުރެ ގިނަމީހުންވަނީ ޖަމާވެއެވެ. ނަމަވެސް މިފަހަރުގެ މާތް ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުޞަތު މުޅިދުނިޔެއަށް ކުރިމަތި ވެފައިވާ ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވަނީ ހަމައެކަނި މައްކާގައި ދިރިއުޅޭ ފަރާތްތަކަށެވެ. ކަޢުބަތުﷲ އަށް އަޅުގަނޑުމެންނަށް ނުދެވުނު ކަމަށްވިޔަސް އަމިއްލަ ފަސްގަނޑުގައި ތިބެގެން ﷲއަށް ދުޢާދަންނަވަން ހިގާށެވެ. ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ހިތާމަކޮށް އެ ފާފަތައް އަފޫކޮށް ދެއްވުމަށް އެދި ދީލަތިވަންތަ މާތް ﷲގެ ޙަޟުރަތުގައި އެދި ދަންވާށެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެތައްސަތޭކަ މުސްލިމުންނެއް މައްކާގައި ހުންނަ ގެފުޅަށް ޖަމާވެއެވެ.

ﷲގެ ޙަޟުރަތުގައި އެއްވެސް މީހަކު ތަފާތު ކުރުމެއްނެތެވެ. އެމީހެއްގެ ތަފާތުކަމެއް އޮންނާނީ އެމީހެއްގެ ކިޔަމަންތެރިކަމާއި ތަގުވާވެރި ކަމުގެ މައްޗަށެވެ. ޙައްޖުގެ އަޅުކަމަކީ އިސްލާމީ ޒިކުރާ އާކޮށްދޭ ކެމެކެވެ. އިބްރާހީމްގެ ފާނުގެ މާތްވެގެންވާ ޒިކުރާއާވެސް ގުޅިފައިވާ ކަމެކެވެ. ގެފުޅު ބިނާ ކުރެއްވުމަށްފަހު އެކަލޭގެ ފާނު ކުރެއްވި ދުޢާގެ ހަނދާންތައް ވެސް އާކޮށް ދުވަހެކެވެ.

މިހަދާންތަކާއެކު އިޚުލާސްތެރި ކަމާއެކު ތައުބާ ވަމާ ހިނގާށެވެ. މަތިވެރި ދަރުމަ އާއި ސަވާބު މާތް ﷲ ގެ ޙަޟުރަތުން ލިބޭތޯ ދުޢާ ދަންނަވަން ހިނގާށެވެ. ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްތިބި ޙައްޖާޖީންގެ ފާފަތައް ފުއްސަވައި އެމީހުންނަށް ޙައްޖުގެ ސަވާބައި ދަރުމަ ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ ފާފަފުއްސަވައި އަޅުގަނޑުމެންނަށް ވެސް ހެޔޮ ތަޢުފީގު ދެއްވާށިއެވެ. އާމީން.

ގުޅުންހުރި ލިޔުންތައް

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021
ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް ރައްޔިތުން އިޙްތިރާމް ނުކުރަނީ ކީއްވެ!

ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް ރައްޔިތުން އިޙްތިރާމް ނުކުރަނީ ކީއްވެ!

ޖެނުއަރީ 5, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In