ބ.ކަމަދޫން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މާލެއިން ކަމަދޫންއަށް ދިއުމަށްފަހު ހޯމް ކަރަންޓީންގައި ހުރި މީހެއްކަމަށެް އެރަށު ކައުންސިލުން ހަމަކުރެއެވެ. އެމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ 14 ދުވަހުގެ މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ.
އެޗް.ޕީ.އޭއިން ހަމަކުރާގޮތުގައި ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 12 ރަށަކުން މިވަގުތު ފެނިފައިވާކަމަށާއި އޭގެ ތެރޭގައި މީހުން ދިރިއުޅޭ 9 ރަށަކާއި 2 ރިސޯޓެއްގެ އިތުރުން ތަރައްޤީ ކުރަމުންދާ ރިސޯޓެއް ހިމެނެއެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 3567 އަށް އަރާފައިވެއެވެ.