މާލެސިޓީގައި ރޭގަނޑު 11ން ފަތިހު 5ށް ބޭރުގައި އުޅުން މަނާކޮށްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ބޭރުގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އަދި މި އެނގުން އިތުރަށް ތަންފީޒު ކުރެވި ހަރުދަނާ ކުރެވިގެންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ބޭރުގައި އުޅުން މަނާ ގަޑިތަށް ކަނޑައަޅާފައިވާއިރު އެކަން މިރެއިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ޕޮލިސީ ލެވަލްގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މަޤްސަދަކީ ވެސް ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުން ކަަމަށެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް މި ގަޑިތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެފައެވެ. އެހެންނަމަވެސް އޭރު ފިޔަވަޅުތަކެއް ނާޅައެވެ.