ބ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބޮޑުފިނޮޅުގައި އިއްޔެއިން ފެށިގެން ފެނާ ކަރަންޓު ނެތްކަމަށް މައުލޫމާތި ލިބިއްޖެއެވެ.
މުސާރައިގެ މައްސަލައިގައި މީގެ ކުރިންވެސް ވަނީ އެރަށުގައި ބިދޭސީންވަނީ ހަމަ ނުޖެހުން ހިންގާފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ތައްވަނީ ވެފައެވެ. މި ހަމަ ނުޖެހުންތައް ހިނގާފައިވަނީ އެމީހުނަށް ދޭންޖެހޭ މުސާރަ ނުދީ ލަސްވަމުން ދާތީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރިޒް ކުންފުޏާއި ސީލް ކުންފުނިން މުސާރައިގެ މައްސަލައިގައި އެއްބައް އަނެއްބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުން ދައިރު ބިދޭސީން ތަމްސީލު ކުރާ ވަކީލުން ވަނީ ރިޒް އާއި ދެކޮޅަށް ވަޒީފާއާއި ބެހޭ ޓްރައިބުއުނަލްއަށް މައްސަލަވެސް ހުށައަޅާފައެވެ.
އިއްޔެ ހަވީރުން ފެށިގެން އެރަށުގައި ކަރަންޓު ނެއް ކަމަށާއި އަދި 11 ޖެހީއްސުރެއް އެރަށުން ފެނުގެ ހިދުމަތް ވެސް މެދުކެނޑިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ކަރަންޓު ނެތުމުގެ ސަބަބުން ކެއުން ބުއިމުގެ ކަންކަން ކުރުމަށްވެސް ދަތިވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެރަށުގައި ފެނުގެ ހިދުމަތްވެސް ކެނޑިފައިވާތީ ފެންވެރުމުގެ ކަންތައްތައްވެސް ފުރިހަމަ ނުވާކަމަށް ވަނީ އެނގިފައެވެ. މި މައްސަލަތައް ހައްލު ކުރުމަށް އާރްއައިއެކްސް ކުންފުނީގެ ވެރިންނަށް ވެސް އެކި ފަހަރު މަތިން ގުޅަމުން ދާކަމަށާ އެހެން ނަމަވެސް އެކުންފުނީގެ ވެރިން ފޯނަށް ޖަވާބު ނުދޭކަމަށް އެރަށުން ވާހަކަ ދެއްކި ބިދޭސީއަކު ވަނީ ބުނެފައެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސްއަށް ލިބުނު ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ ރިޒް އިންނެވެ. ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު ބޮޑުފިނޮޅުގައި ކުރަން ޖެހޭ މަސައްކަތައް ބޭނުންވާ މީހުން ހަމަޖެއްސުމާއި އެމީހުންނަށް މުސާރަ ދިނުމާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ ރިޒްއިން ކުރަން ޖެހޭ ކަމެއް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.