DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޑެޓް ކުންފުނީގެ ބިދޭސީންތަކެއް ޑީޕޯޓު ކުރިކަމުގެ މައްސަލަ ފެންމަތިވެއްޖެ

ޝަހާމާ އަބްދު ރަހީމް ލިޔުނީ: ޝަހާމާ އަބްދު ރަހީމް
ޖުލައި 31, 2020
ޚަބަރު
0
ފުލުހުންނަށް ހަމަލާ ދިން 40 ބިދޭސީއަކު ހައްޔަރުކޮށްފި

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޑެޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމުގެ މައްސަލަ ފެންމަތިވެއްޖެއެވެ.

ADVERTISEMENT

މި މައްސަލައިގައި ހައްޔަރު ކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ރޮނީގެ ގާނޫނީ ވަކީލްގެ ފަރާތުން ވަނީ މައްސަލައާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ 14 ޖުލައި 2020 ގައި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު އޮންލައިން މަޖްލީސްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވުނު ކަމަށެވެ.
މި ބަޔާނުގައި ވާގޮތުން އޭނާގެ މުވައްލިކް (އެމްޑީ ރޮނީ) ގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް އޭނާ ފުރަތަމަ ރާއްޖެ އައުމަށްފަހުވެސް މަސައްކަތް ކުރީ އައިލެންޑް އެކްސްޕަރޓްގައެވެ.

އަދި އޭނާ އަތުން ފައިސާ ނެގިކަމަށާއި ކުންފުނީގެ ފަރާތުން އެނާއަށް ލިބެންޖެހޭ 44000ރ. އާއި ނުލިބިވާ މަސްމަހުގެ މުސާރަ ހުންނާނެ ކަމަށާއި، ހަމަ އެހެން މީހުންނަށް ވެސް މިގޮތަށް ލިބެންޖެހޭ ފައިސާ އެ ކުންފުނީގައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން މި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅުމަށް ޕަވަރ އޮފް އެޓަރނީ ތައްޔާރުކޮށް މުވައްކިލު ލައްވާ ސޮއިކުރުމަށްޓަކައި އޭނާއާ ބައްދަލުކުރުމަށް ޖުލައި މަހުގެ 27 ވަނަ ދުވަހު ފުލުހަށް ހުށައެޅި ނަމަވެސް 25 ޖުލައިގައި އެމްޑީ ރޮނީ އިމިގްރޭޝަންއާއި ހަވާލުކޮށްފައިވާކަމަށް އެ ދުވަހު ކަސްޓޯޑިއަލްގެ ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ. ބަޔާނުގައި ބުނެފައިވަނީ އޭނާ އިމިގްރޭޝަންއާއި ހަވާލުކޮށްފައިވަނީ ގާނޫނީ ވަކީލަށް އެނގުމެއް ނެތި ކަމަށާއި މިކަމުން ބެލެވެނީ ހައްޔަރުކުރެވުނު 40 މީހުންވެސް ޑީޕޯޓުކޮށްލަން އުޅޭ ކަމަށެވެ.

މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުމުން، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެފަރާތަތއް އިމިގްރޭޝަންއާއި ހަވާލު ކުޔރި ކަމެއް ނުވަތަ ޑީޕޯޓުކުރިކަމެއް ޔަގީންކަމާއި އެކު ބުނަން ނޭނގޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭގައި ބިދޭސީންތަކެއް ކުރި މުޒާހަރަ ހަމަނުޖެހުމަކަށް ބަދަލުވެ ގަލާއި އެހެނިހެން އެއްޗެހި އުކުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައި ވަނީ މި ހުސްވި ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

މަޢުލޫމާތު ލިބޭގޮތުގައު މި މުޒާހަރާކޮށްފައިވަނީ 5 މަސް ދުވަސް ވަންދެން މުސާރަނުދީ ހިފަހައްޓާފައިވުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

ޖެނުއަރީ 22, 2021
މި ފަހަރު މިއޮތީ ހޯމް މިނިސްޓަރާއި، އިސްލާާމިކް މިނިސްޓަރުގެ ގަދަ ހިފުމަކަށް ގޮސްފައި

މި ފަހަރު މިއޮތީ ހޯމް މިނިސްޓަރާއި، އިސްލާާމިކް މިނިސްޓަރުގެ ގަދަ ހިފުމަކަށް ގޮސްފައި

ޖެނުއަރީ 22, 2021
އިޤްބާލަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް އެބަކުރަން: ޖެންޑަރ

އިޤްބާލަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް އެބަކުރަން: ޖެންޑަރ

ޖެނުއަރީ 22, 2021
ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް މިރޭ ބުރޫއަރާނެކަމަށް ބުނެފި

ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތަށް މިރޭ ބުރޫއަރާނެކަމަށް ބުނެފި

ޖެނުއަރީ 22, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In