ކޯވިޑް 19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އުމުރުން 52 އަހަރުގެ ދިވެހި އަންހެން މީހާ ނިޔާވި މިއަދު ހަވީރު 4:40 ގައި ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ނިޔާވި މީހާއަކީ ހިތުގެ މައްސަލަތައް ހުންނަ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއީ ރާއްޖެއިން ކޯވިޑް 19 ޖެހިގެން ނިޔާވި 17 ވަނަ މީހާ އެވެ. އެމީހާ ކޯވިޑް 19 އަށް ފައްސި ވެފައިވާކަމަށް އެނގުނީ މިއަދު ހަވީރު އެވެ.
މިދިޔަ ހަފްތާގައި ބުރާސްފަތި ދުވަހުވެސް ވަނީ ދިވެއްސަކު ކޯވިޑް 19 ޖެހިގެން ނިޔާވެފައެވެ. އެމީހާ އަކީ ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭއިން މިހާތަނަށް 11 ދިވެހިން އަދި 6 ބިދޭސީއަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.