އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ ރާއްޖޭގައި ޙަޤީޤަތުގައި މިއޮތީ އެމްޑީޕީ ހުދުމުހުތާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މުށުތެރެއަށް ހުރިހާ ބާރެއް ލެވި މަޖިލިސް ހައިޖެކްވެފައި ވެރިކަމެއްކަމަށް ސައީދު ސިފަ ކުރައްވައިފިއެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މާވަށު ދާއިރާގެ މެންބަރު ސައީދު ކުރެއްވި ޓުވީޓްގައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރު ޕެރަލައިޒްވެފައިވާ ކަމަށެވެ.
މި ޤައުމުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެއީ ނުކުޅެދޭ ވެރިއެއް ކަމަށެވެ.
ބާރުތައް ވަކިވެ ދިމަކުރާތީ އުސޫލުން ދައުލަތް ހިންގޭނެ ގޮތް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ނަމަވެސް މިއަދު ފެނިގެން މިދަނީ އެމްޑީޕީއަށް އެކަންކުރަން ނޭނގި ނުކެޅެދިފައިވާ ތަން ކަމަށާއި ފެންނަމުންދަނީ އެޕާޓީގެ އަޑާއި މަންޒަރު ދިމާނުވާތަން ކަމަށްވެސް ސައީދު ހަމަކުރިއެވެ.