ޗެލްސީ ބަލިކޮށް އާސެނަލް އިން އެފްއޭ ކަޕުގެ ތަށި އުފުލާލުމުން ޗެލްސީ އިން މި ސީޒަނުގައި ތައްޓެއް ނެގުމަށް ކުރި އުއްމީދު ފެނަށް ހިނގަޖެއެވެ.
އާސެނަލް އިން ރޭގެ މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުން ޗެލްސީ މައްޗަށް ކުރިހޯދައިގެންނެވެ.
މެޗު ފަށައިގެން ޗެލްސީއިން މެޗު ކޮންޓްރޯލްކޮށް ގިނަވަގުތު ބޯޅަ ހިފެހެއްޓިއެވެ. އަދި ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑު ޕްޔުލްސިކް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.
ރޭގެ މެޗުގެ ރެފްރީއަށް ވަނީ ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒުވެފައެވެ. އާސެނަލްގެ ކީޕަރު ރޮނގު ބޭރުން ބޯޅައިގައި ހިފުމުން ވެސް އެކަމަށް ފިޔަވަޅެއް ނޭޅުމާއި އަދި އާސެނަލް އިން ކުރާ ފައުލް ތައް ނުބެލިކަމަށް ޗެލްސީގެ ސަޕޯޓަރުންގެ އިތުރުން ޗެލްސީގެ އޮފިޝަލުންވެސް ފާހަގަ ކުރިއެވެ.
މެޗުގެ ކުރީކޮޅު ޗެލްސީއިން ލީޑު ނެގިނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުން ތެރިޔާގެ އިތުރުން އާސެނަލްއިން ރޭގެ މެޗުގައި ޖެހި ޕެނަލްޓީވެސް ކާމިޔާބު ކޮށްދިން ފޯވާޑް އަބޫޔަމެން އެވެ. މިއީ އޭނާ މިސީޒަނުގައި ޖެހި 29 ވަނަ ލަނޑެވެ.
ރޭ ކުޅުން އެފްއޭ ކަޕުގެ ފައިނަލުން އާސެނަލް މޮޅުވުމާއި އެކު އިޓީމުން ވަނީ ޖުމްލަ 14 ފަހަރު މި މުބާރާތުގެ ތަށި ހޯދައިފައެވެ.