ކޮވިޑް 19 ޖެހިގެން 89 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ އެވެ.
އުމުރުން 89 އަހަރުގެ ދިވެހި އަންހެން މީހާ ނިޔާވީ މިރޭ 8:57 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ދުވަސްވީ ފިރިހެނެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މިއީ ރާއްޖެއިން ކޯވިޑް 19 ޖެހިގެން ނިޔާވި 18 ވަނަ މީހާ އެވެ.
ރޭގަިވެސް ވަނީ ދިވެއްސަކު ކޯވިޑް 19 ޖެހިގެން ނިޔާވެފައެވެ. އެމީހާ އަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭއިން މިހާތަނަށް 12 ދިވެހިން އަދި 6 ބިދޭސީއަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.