މަނަދޫ ހުކުރު މިސްކިތުގެ ފުރާޅު ނުވަތަ ނަލަ ފިލާ ހަލާކުވެގެން އެކަމުގެ ޝަކުވާ ޓްވިޓަރގައި ކޮށްފިއެވެ.
އަންމު ރައްޔިތަކު ކުރި ޓްވިޓަރ ވަނީ އިސްލާމިކް މިނިސްޓަރާއި ސުވާލު ކުރައްވާ އިސްލާމިކް މިނިސްޓަރާއި ރައީސް ޞޯލިހަށް ވެސް އެ ޓްވިޓް ވަނީ ޓެގްކުރައްވާފައެވެ.
މަނަދޫ ހުކުރު މިސްކިތް ބޮލަށް ވެއްޓެންދެން ތިހުންނަވަނީ ތޯ؟ ނޫނީ މިސްކިތުގެ ހާލަތު އެނގި ނުލައްވަނީތޯ އިސްލާމިކް މިނިސްޓަރާއި ސުވާލު އެ ޓްވިޓްގައި ކޮށްފައިވެއެވެ.
މީގެ އިތުރުން އެހެން ޓްވީޓެއް ވަނީ ހަމަ އެ ޝަކުވާ 2019 ވަނަ އަހަރުގެ އޮކޯބަރ މަހު ވެސް ވަނީ ކުރެއްވި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފޭސްބުކްގައި ކުރައްވާފައި ވާ ޕޯސްޓްގައި ވަނީ އިސްލާމިކު މިނިސްޓަރަށް عيد مبارك ! މިއީމަނަދޫ ހުކުރު މިސްކިތެވެ. މި މިސްކިތުގެ ފުރާޅުގެ ނަލަފިލާ ހަލާކުވެފާވަނިކޮށް ރާއްޖޭގައި އެއްވެރިކަމާ އަނެއްވެރިކަމުން ދޮޅު އަހަރުފާއިތުވީ ކަމަށާއި މި ތަންމަރާމާތު ކުރުމަށް މަނަދޫ ކައުންސިލުން މިނިސްޓުރީގައި ދެންނެވުުނު ވަރެއްވެސް ނޭނގެ ކަމަށް އަދި ވެސް މިތަންމިއޮތީ މިގޮތަށެވެ. މިއީ ވެސް ދެހާހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ދެންހަދާނީ ކިިނެއްހެއްޔެވެ.
ވިއްސާރަ ދުވަސްވަރު މިސްކިތުގެ އެތެރެއަށް 3 ދިމާލަކުން ފެންފައިބާ ކަމަށް އެރަށު ރައްޔިތުން ހަމަކުރެއެވެ.