ކޯވިޑް-19ގެ ސަބަބުން މާލީ އެހީތެރިކަމަށް ސަރުކާރުގައި އެދިފައިވާ 8488 ފަރާތަކަށް އިންކަމް ސަޕޯރޓް އެލޮވެންސް ދީ ނިމިއްޖެއެވެ.
މާލީ އެހީތެރިކަމަށް ސަރުކާރުގައި އެދުނު ފަރާތްތަކަށް 3 މަސް ދުވަހަށް ގިނަވެގެން 5000 ރުފިޔާގެ ރޭޓްގައި ސަރުކާރުން މި ދޫކުރި އެލޮވެންސްގެ ޖުމްލަ ޢަދަދު 35.1 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ޢިއުލާން ކޮށްފައެެވެ.
ކޯވިޑްގެ ސަބަބުން ދިވެހިރާއްޖޭގައި އެތައް ސަތޭކަ ބަޔަކު މާލީ އެހީތެރިކަމަށް ވަނީ ބޭނުން ޖެހިފައެވެ. ގިނަ ބަޔެއްގެ ޝަކުވާގެ ގޮތުގައި ވެފައިވަނީ މި އެހީތެރިކަން ލިބުން ލަސްވެ، 3 މަހަށް ހަމައެކަނި މި އެހީތެރިކަން ދިނުމަށް ހަމަޖެއްސުމުންނެވެ. އިންކަމް ސަޕޯރޓް އެލޮވެންސް ސަރުކާރުން ދޭން ފަށާފައިވަނީ މިދިޔަ މޭ މަހުގައެވެ.