މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭއިން ކޯވިޑް-19ގެ 4000 ކޮންޓެކްޓުން އެބަތިބިކަމަށް ވިދާޅުވެއްޖެއެވެ.
މިރޭގެ މި ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ 4000 ކޮންޓެކްޓްސް، ކޮންޓެކްޓް ޓްރޭސިންގ އިން ވަނީ ފެނިފައެވެ. އަދި މިހާ ގިނަ ބޭފުޅުން ވަކިވަކިން މޮނީޓަރ ކުރެއްވުމަކީ ކުރެވޭނެކަމެއް ނޫންކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ގެއިން ނުކުންނެވި ތޯ ވަޑައިގަންނަވަނީ ކޮންތަންތާކަށްތޯ ބެއްލެވުމަކީ ވަރަށް އުނދަގޫ ކަމެއްކަމުގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
މިވަގުތު ހުރިހާ ބޭފުޅުންވެސް ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، މާސްކް އެޅުއްވުމަށް އިލްތިމާސް ކުރެއްވެވިއެވެ. އަދި މި އުސޫލުތަކަށް އެންމެހާ ބޭފުޅުން ބޯލަނބާތޯ ބެއްލެވުމަށް ފުލުހުން ހަރަކާތްތެރިވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާރު ކޯވިޑް-19ގެ ދެވަނަ ރާޅެއް ބިންދާލަފާނެ ކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑު ވަނީ ޖެހެން ފަށާފައެވެ.