ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ކެންސަލް ކުރި ނަމަވެސް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އެދޭ ފަރާތްތަކުގެ ފޯމުތައް ބަލައިގަންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހަމަކުރައްވައިފިއެވެ.
ރޭ މަޖިލީހުގެ އިދާރާއިން ނެރެފައިވާ އިޢުލާނުގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ހަތަރު މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުން އޮގަސްޓަ 06 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި ސީއެސްސީގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤުރާރު މަޖިލީސް އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހުންނެވި ހަމައެކަނި ބޭފުޅަކީ ފާތިމަތު އާމިރާއެވެ.