މާލެއާއި ހުޅުމާލެއާއި ދޭތެރޭ ތަދުރުކުރުމަށް އަޅާފައިވާ ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދާދި ދެންމެއަކު ހިނގި މި އެކްސިޑެންޓުގައި ޚަބަރު ލިބޭ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ދެ ކާރު ޖެހިގެންނެވެ. ފެންނަ ގޮތުގައި ދެ ކާރަކީވެސް ޕްރައިވެޓް ދެ ކާރެވެ. މަންޒަރު ދުށް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ދެކާރު ޖެހި ދެކާރަށް ވެސް ވަނީ ގިނަގުނަ ގެއްލުންތަކެއް ވެފައެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ނުރައްކާތެރި ހާނިއްކައެއްް ލިބިފައިވާކަމަށް ޚަބަރެއް ނުލިބެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ އިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅިންނެވެ. މި އެކްސިޑެންޓާއި ބެހޭ ގޮތުން ފުލުހުން އެއްޗެއް އަދި ވިދާޅު ނުވި ކަމުގައި ވީނަމަވެސް. މިވަގުތު އެ ސަރައްހައްދުގައި ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވަމުން އެބަ އާދެއެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދު ފުރަބަންދު ކުރި ފަހުން މާލެ އަދި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެހެންނަމަވެސް، މި ފަދަ އެކްސިޑެންޓްތައް މަދުން ނަމަވެސް ދަނީ ހިނގަމުންނެވެ.