ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ހަފްތާގެ ބާކީ އޮތް ދުވަސްތަކުގައި ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެއާއެކު ޓޫރިޒަމް މިނިސްޓްރީގެ އެންމެހާ މަސައްކަތްތައްވަނީ އޮންލައިން ކޮށްފައެވެ.
އެ މިނިސްޓްރީއިން ނެރުނު ޢިއުލާންގައިވާ ގޮތުން، އޮގަސްޓު މަހުގެ 4 ފެށިގެން 6 އަށް ސަރުކާރު ބަންދުވުމުގެ ސަބަބަބުން ޓޫރިޒަމް މިނިސްޓްރީގެ ކައުންޓަރުގެ ޚިދުމަތްތައް ދެމުން ގެންދާނީ އޮންލައިންކޮށް ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވާ ޚިދުމަތްތަކަށް އީމެއިލް މެދުވެރިކޮށް އެދިލެއްވުމަށްވެސް ވަނީ އަންގާފައެވެ. އީމޭއެއިލް އާއި ބެހޭ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.
އަދި މައުލޫމާތެއް ސާފުކުރެެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް ގުޅުއްވުމުންވެސް ލިބިވަޑައިގަންނަވާނެއެެެވެ.