ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގިނަ ވިޔަފާރިތައް މިހާރު އޮތީ އޮކްސިޖަން ބޭނުންވާ ހާލަތުގައި ކަމަށެވެ.
މިކަން ހަމަކުރައްވާ ޝަރީފު ކުރެއްވި ޓުވީޓްގައި ވަނީ ސަރުކާރުގެ ކިބައިގައި ހުރި ހުރިހާ ފިސްކަލް އާލަތްތަކެއް ބޭނުން ކޮށްގެން އިޤުތިޞާދު ހިނގާ ކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ ފުރާނައާ ވަޒީފާތަކަކީ ހިމާޔަތް ކުރަންޖެހޭ ކަންކަން ކަމަށް ޝަރީފް ހަމަކުރިއެވެ.
ވިޔަފާރިތަކަށް ދެމުން ގެންދާ އެހީތަކަށް ތަޢުރީފު ކުރައްވާ ޝަރީފު ވިދާޅުވީ ސްޓިމިއުލަސް ނުވަތަ ރިލީފް ޕެކޭޖުން އިޤްތިޞޯދުގައި ފައިސާ ދައުރުވަމުން ދިޔަ ކަމަށެވެ. އަދި އެ ފައިސާގެ ސަބަބުން ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުގެ އަސަރުތައް ކުޑަވެގެން ދިޔަ ކަމަށް ޝަރީފް ހަމަކުރެއެވެ.
ފަތުރުވެރިކަމުގެ ހީނަރު ކަމުން އަރައިގަތުމަށް ބޮޑަށް އެހީތެރި ކަމެއް ބޭނުންވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް އިޤްތިޞޯދަށް ދިރުންދޭ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށާއި އެ ބަޖެޓު ވާންޖެހޭނީ ސަރުކާރުން ވިޔަފާރިތަކަށް އިންވެސްޓު ކުރުން ކަމަށް ހަމަކުރިއެވެ.