ޖޫޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް އައްޔަން ކުރައްވާފައިވަނީ އައްޑޫ މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުންމުކުލްޘޫމްއެވެ. މިކަމަށް ޚާއްސަކޮށްގެން ރައީސް އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އާންމުންގެ ފަރާތުން އިންނަވާ މި މެންބަރުގެ ހުވާ ލައިދެއްވެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
އުންމުކުލްޡޫމްއަކީ އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީއިން ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމެންޓް ދައިރާއިން މާސްޓާރސް ޑިގްރީ ހާސިލްކުރެއްވާފައިވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާ ކުރިން ވަނީ ނެޝެނަލް ސެންޓަރ ފޯ ދި އާރޓްސްގައި އަދި މިނިސްޓްރީ އޮފް ޖެންޑާ އަދި ހެލްތް މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވާފައެވެ.