ބޭސް ފިހާރައަކަށް ދިޔަ ޒުވާން ދިވެހި އަންހެނަކަށް، އިންޑިއާގެ ފާމަސީ އެސިސްޓަންޓަކު ޖިންސީގޯނާ ކުރި މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މާލޭގެ ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި އެއިދާރާއަށް ހުށައަޅާފައިވާކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ. މި މައްސަލައާއި ގުޅިގެން މީހަކު މިހާތަނަށް އަދި ހައްޔަރު ކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޖިންސީ ގޯނާ ކުރިމަތިވި ކަމަށްބުނާ އަންހެން މީހާ މައުލޫމާތި ދިންގޮތުގައި، އޭނާއަށް ޖިންސީ ގޯނާ ކުރީ އިންޑިއާގެ މީހެއްކަމަށެވެ. އަދި އަންހެންމީހާ ފާމަސީ ތެރޭ ހުރި އިރު ފާމަސީ އެސިސްޓެންޓު އެއަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައިފާ ވާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ޖިންސީ ގޯނާގެ ގިނަ މައްސަލަ ތަކެއް ދަނީ ފެންމަތި ވަމުންނެވެ. ޖެންޑާ މިނިސްޓްރީން ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރުމަށް ބާރުއަޅާ ކެމްޕެއިން އެށްވެސް ފަށާފައެވެ.