DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ކޮވިޑް 19 ގެ ނުރައްކާތެރިކަން ރައްޔިތުންނަށް ވިސްނޭބާ؟

އަބްދުﷲ ޖަޒްލާން ލިޔުނީ: އަބްދުﷲ ޖަޒްލާން
އޯގަސްޓް 7, 2020
ރިޕޯޓް
0
ލޯބިވާ ދިވެހިންނެވެ. އަދިވެސް ހޭ އަރާކަށް ނުވޭތޯ އެވެ؟

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ބައްޔެއްކަމަށްވާ ކޮވިޑް19 ޖެހިގެން ރާއްޖޭގައި ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނު މީހުންގެ އަދަދު 128އަށް އަރައިފިއެވެ.

ADVERTISEMENT

ފުރަބަންދަށް ދިން ލުއިތަކަށްފަހު ރާއްޖޭގައި މި ބަލި ފެތުރިގެންދިޔައީ ހީނުކުރާފަދަ ހަލުވި މިނެއްގައެވެ. އިއްޔެވެސް 86 މީހުން މިބައްޔަށް ފައްސިވެފައި ވާއިރު އަތޮޅުތެރޭގެ ރަށްތަކުން ވެސް މި ބަލި މިވަނީ ފެންނަން ފަށާފައެވެ. އެއްވުން ތަކާއި އެއްވެސް ޒާތުގެ ޙަފްލާތަކުގެ އިތުރުން ބޭރަށް ނިކުންނަ ޖެހޭ މުހިއްމު ޙާލަތްތަކުގައި ބޭރަށް ނިކުމެ ހަދާއިރުވެސް މާސްކު އަޅުއްވައި ގައިދުރުކަން ބަހައްޓަވައިގެން އުޅުއްވުން މުހިއްމެވެ.

މި ބަލީގެ ނުރައްކާތެރިކަމުގެ ވާހަކައާއި މި ބަލި ޖެހިގެން މަރުވީ މީހުންގެ ޢަދަދު ކޮންމެ މީހަކަށް ވެސް ސާފުކޮށް އެނގޭނެ ފަދައިން ރެއާއި ދުވާލު ރާއްޖޭގެ އެކި ނޫސް މަޖައްލާތަކާއި ބައިނަލްއަގުވާމީ މީސްމީޑިއާތަކުގައި ދެކެވެއެވެ. މި ބަލިން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް ކޮންމެ ދުވަހަކު ވެސް އެކި ފަހަރު މަތިން ސިއްހީ މާހިރުން ކިޔައިދެއްވައެވެ. އަދި މިފަދައިން މި ބަލި ނުހުއްޓޭވެނެ ހިސާބަކަށް ގޮސްފިއްޔާ ދެން ދިމާވެދާނެ ހާލަތުގެ ވާހަކަވެސް ދައްކައެވެ. ނަމަވެސް މިފަދަ ކަމަކުން އަރައިގަނެވޭނީ އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅު މިކަމުން އެޅެނީ ހަމައެކަނި ތިމާއަކަށް ނޫނެވެ. މާސްކް އަދި އަންގި ފަދަ ތަކެތީގެ ސަބަބުން ދެން ހުންނަ މީހާއަށް ރައްކާތެރިކަން ލިބެއެވެ. ގައިން ގަޔަށް އަރާ ބައްޔެއްކަމުން އެކަކު ކުރާ މިފަދަ ކަމަކުން މުޅި މުޖްތަމަޢުގައި ދިރިއުޅޭ އެންމެންނަށް ވެސް މި ފަދަ ހާލަތެއްގައި ލާބައާއި މަންފާކުރެއެވެ.

ދެން މި ދެކެވެނީ އިގްތިސާދެއް ދަމަހައްޓަންވެގެން ގައުމެއް ހިންގަންވެގެން މިވަގުތައް އެޅޭނެ ފިޔަވަޅުތަކެއް ނެތް ވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. ގައުމެއް ދެމި އޮންނާނީ އެގައުމެއްގެ ރައްޔިތުން ކައިގެން ބޮއެގެން ދިރިއުޅުމަށް ހޭދަ ކުރާނެ އާމްދަނީ އެއް ލިބިގެންނެވެ. ނަމަވެސް މި ފުރުސަތު ދައުލަތަށް ހޯދައިދެވޭނީ އެހާވަރަށް ދައުލަތަށް ފައިސާ ވަދެގެން ކަމުން އިގްތިސާދުވެސް ނަގަހައްޓަން އެބަޖެހެއެވެ. އެކަމަގު މިކަންކުރަން ތިބީ ރައްޔިތުންނަށް ވެފައި ރައްޔިތުން އަމިއްލައަށް މިހާރު މިއޮތް ޙާލަތަށް ބަލާފަ ހޭލުންތެރިނުވަންޏާ އިގްތިސާދުގެ އިތުރަށް ގައުމުގެ އާބާދީވެސް ދަށަށް ދިއުމަކީ ހަމައެކަށީގެންވާ ގައުމެކެވެ. މިހާރުވެސް މިބަލީގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ގައުމްތަކުން ދުވާލަކަށް ސަތޭކައަށްވުރެ ގިނަ މީހުން މަރުވެއެވެ. އެއީ އަދި ވަސީލަތްތައް ގިނަ މިކިޔާ ބާރުގަދަ ގައުމްތަކުގައެވެ. ފައިސާ އަދި ބާރު އޮތަކަސް ބައެއްކަންކަމަށް ބާރު ނުފޯރުވޭނެކަން މިހާރު މިދުނިޔޭގެ އެންމެންނަށްވެސް އޮންނާނީ އެނގިފައެވެ. އިންސާނުންގެ ޢަމަލުތަކުގެ ނަތީޖާ މިހާ ހިތިވެދާނެ ކަމަކަށް އެއްވެސް މީހަކު އުއްމީދެއް ނުކުރާނެއެވެ. މިހެން ކިތަންމެ ވަރަކަށް މިވާހަކަ ދެއްކިޔަސް މިކަމާއި މެދު ވިސްނަންޖެހޭ ގޮތަށް ނުވިސްނާހާ ހިނދަކު މިކަމުން ދިމާވެދާނެ ގެއްލުން ތަޞައްވުރެއް ނުކުރެވޭނެއެވެ. ގާތްތިމާގެ މީހަކު މިބައްޔަށް ހުށައެޅި އޭގެ ސަބަބުން އާއިލާގެ އެހެނިހެން މީހުން ގެއްލި އެފަދަ ކަންކަން ކުރިމަތިވެފައިވާ މީހުން އެބަތިއްބެވެ. ރައްކާތެރިވާންޖެހޭ ވަރަށް ރައްކާތެރި ނުވެވިއްޖެއްޔާ ދެވަނަ ފުރުސަތެއް ނުލިބި ދިއުމަކީ އެކަށީގެންވާކަމެކެވެ.

ރައްޔިތުން އަދިވެސް މިކަމާއި މެދު ވިސްނާވަރު ވަރަށް ދަށެވެ. އޭގެ ހެއްކަކީ މިދިޔަ އީދަކީ ވެސް ވަރަށް ވެސް ކުލަގަދަ ގޮތެއްގައި ކައިރި ރަށްރަށުން އެކި ރަށްރަށް މީހުން ގޮސް އެއްވެ ރައްކާތެރިކަމެއް ނެތި ފާހަގަކުރެވުނު އީދެކެވެ. ހައްޖުފަދަ މަތިވެރި އަޅުކަމެއް އަދަދު ކަނޑައަޅައިގެން ކޮށް ނިންމި މިފަދަ ޙާލަތެއްގައި އަޅުގަނޑުމެން ޢަދަދެއްނެތްވަރަށް މީހުންނާއި ކުޑަކުދިން އެއްވެ ޢީދު ފާހަގަކޮށް މާލި ގެނެސް މިހުރިހާ ހަރަކާތްކަތެއް ބޭއްވުމަށްފަހު ވެސް މިކަންބޮޑުވަނީ ބަލި ފެތުރޭތީއެވެ. ސަރުކާރަކަށް ނުވަތަ އެޗް.ޕީ.އޭ.އަކަށް އައިސް އަޅުގަނޑުމެންގެ ސިއްހީ ކަންކަމެއް ވަކިންނެއް ނުބެލެހެއްޓޭނެއެވެ. ފުރަބަންދަކަށް ދިޔަޔަސް ހަމަގެއްލުންވާނީ އަޅުގަނޑުމެންނަށެވެ. ނަމަވެސް އެންމެން ވެސް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މިންގަނޑުތަކަށް ތަބާވެގެން އުޅެން ފަށައިފިނިމަ ހަމަގައިމުވެސް މި ބަލި ފެތުރުން ހުއްޓުވަން ފަސޭހަވާނެއެވެ. ހަގީގަތުގައި މަގުތައްމަތީ ބޮޅުއަޅައި ފާހަގަ ޖަހައިގެން ހަނދާންކޮށްދޭ ވަރަށް ވުރެ ކޮންމެ މީހަކުވެސް ހަރުދަނާވާންއެބަޖެހެއެވެ. ދުނިޔޭގައި އުޅެން ބޭނުންވާނަމަ އޭރަކު އެއޮތް ހާލަތަކަށް ފެތެން ދަސްކުރަން ޖެހޭނެއެވެ. ބައެއް ހާލަތްތަކަކީ އިންސާނާގެ އަމަލުތަކުގެ ނަތީޖާއެވެ. އަދި ހަމަ އެއަމަލުތަކުގެ ސަބަބުން އެހާލަތު އެއަށްވުރެ ގޯސްވެ މުސީބާތަކަށްވެސް ބަދަލުވެދާނެކަން ކޮންމެ އިންސާނަކުވެސް އަމިއްލަ ބުއްދިން ވިސްނަން ޖެހެއެވެ. ހަމަގައިމުވެސް ވަށައިގެން މިއޮތް މާހައުލަށް ވަމުންދާ ގޮތާއިމެދު ކުޑަކޮށްވެސް ވިސްނާ ފިކުރުކުރާ މީހަކަށް މިނުކުތާތައް ވިސްނޭނެއެވެ. އަދި މިކަމުގެ ބިރުވެރިކަމާއި މިކަމުން ރައްކާތެރިވުމުގެ މުހިއްމުކަންވެސް ވިސްނޭނެއެވެ.

ކޮންމެ ނަފްސެއްވެސް އަމިއްލަ ނަފްސެއްގެ މައްޗަށް ޒިންމާވާންޖެހޭނެއެވެ. އަދި ވަކީން ޚާއްސަކޮށް އޭގެ ސަބަބުން އެހެން މީހުންނަށް އެއްވެސް އަސަރެއްކުރާނަމަ އެކަމަކަށް ވެސް ޒިންމާވާންޖެހޭނެއެވެ. ދުނިޔޭގައި އުޅޭއިރު ދިމާވާ މިފަދަ މުޞީބާތްތަކުން ރެކެވޭނީ އެންމެން އެއްބައިވަންތަވެގެން އިސްސަފުގައި ތިއްބަވާ މާހިރުންގެ ފަންނީ އިރުޝާދަށް ބޯލަނބައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ޖެނުއަރީ 22, 2021
ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In