DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ރިޕޯޓް: ވެންޓިލޭޓަރަށް މިވީ ކިހިނެއްބާ؟

އަބްދުﷲ ޖަޒްލާން ލިޔުނީ: އަބްދުﷲ ޖަޒްލާން
އޯގަސްޓް 8, 2020
ރިޕޯޓް
0
ރިޕޯޓް: ވެންޓިލޭޓަރަށް މިވީ ކިހިނެއްބާ؟

ކޮވިޑް19 ފަދަ ބަލި މަޑުކަމެއް ފެތރިގެންދާއިރު މިހާރު ރާއްޖޭގައި މިވަނީ ދުވަހުން ދުވަހަށް ބަލި ޖެހޭ މީހުން ގިނަވެ ހޮސްޕީޓަލްގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދު ގިނަވެފައެވެ. ރާއްޖޭގެ އަތޮޅުތެރޭގެ ބައެއްރަށްތަކަށް ވެސް މި ބަލި މިވަނީ ފެތުރިފައެވެ. މިފަދަ ޙާލަތެއްގައި ރާއްޖޭގައި ވެންޓިލޭޓަރުގައި ފަރުވޭ ދޭން ޖެހިއްޖެ ފަދަ ޙާލަތެއްގެ ދެވޭނެ އިންތިޒާމެއް ސަރުކާރަށް އޭގެ އެންމެ ފުރިހަމައަށް އަދާކޮށްދެވޭނެ މަގު ފުޅާވެފައި އޮއްވައި ރައްޔިތުންނަށް ސަރުކާރުން އެމަގު ފަހިކޮށްދެވިފައި ނެތުމަކީ ވަރަށް ވެސް ދެރަ ހިތާމަ މިފަދަ އުއްމީދީ ސަރުކާރެއްގެ ފަރާތުން ރައްޔިތުންނަށް ފެންނަން ބޭނުންވީ ބޮޑު މަންޒަރެއް ނޫނެވެ.

ADVERTISEMENT

ވެންޓިލޭޓަރުގެ ވާހަކަ ކަމާއި ބެހޭ ފަރާތްތަކުން ދައްކަނީ ރަށް ރަށުގެ ތުނޑިއަށް ރެނދަންލާ އުސޫލުންނެވެ. ހާލަތު އެންމެ ގޯސް ވެގެންދާއިރު 300 ވެންޓިލޭޓަރު ހުންނާނެކަމަށް ބުނިއިރު ދެން އިވުނީ ދުބާއީގެ ކުންފުންޏުޏަކުން ވިޔަފާރި އުސޫލަކުން 34މިލިއަން ދިވެހިރުފިޔާގެ މުޢާމަލާތެއްގެ ދަށުން އެޑްވާންސް %75 ދީގެން 10ޕޯޓަބްލް  ވެންޓިލޭޓަރު އަދި 65 އައި.ސީ.ޔޫ ވެންޓިލޭޓަރު ރާއްޖެގެންނާނެކަމަށް ބުނެ ވާހަކަ ދެކެވުނު އަޑެވެ. އެއީ އަދި ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހުރިހާ އެހެނިހެން މިނިވަން މީޑިއާތައް ޝާމިލުވާން ހެން ސަރުކާރު ރަމްޒުކޮށްދޭ އިދާރާއެއްގެ އޭރުގެ އިސް ފަރާތަކުން ހުރިހާ ރައްޔިތުންނަށް ވެސް އަޑުއިވޭނެ ފަދައިން ދެއްކިވާހަކަތަކަކެކެވެ. ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރުވެސް ހަނދާންވާ މިދަދަ ޝަޚްސިއްޔަތެއް ހުންނެވި ފަރާތަކުން މިފަދަ މޭރުމުން ވާހަކަފުޅު ދެއްކެވުމަކީ ސަރުކާރުން އެފަރާތަށް ވެސް އެދެވިގެންވާ މައުލޫމާތު މިކަމުގައި ފޯރުކޮށްދެވިފައި ނެތްކަމުގެ ހެއްކެކެވެ. ނޫނީ އެފަރާތުން ދައްކަން ޖެހޭ ވާހަކަތައް ގިނަވެ މަތިއަޅައި ބާރުކުރެވޭވަރަށްވުރެ ވާހަކަތައް ހުރީމަ އިދާރާވެސް ދޫކުރައްވައި ދުރަށްޖެހިލެއްވީއެވެ. އެއްވެސް ފަދައެއްގައި މިދެގޮތުންކުރެ ގޮތެއް މެދުވެރި ވީކަމެއް ނުވަތަ ނޫންކަމެއް ދެންމެ އެ ހާމަކުރެވެނު ޖުމްލައަކުން އަޅުގަނޑު މާނައެއް ނުކުރަމެވެ. ދިވެހި ބަހަކީ އިޝާރާތެކެވެ. ނަމަވެސް އެ ދެގޮތަކީ ވެސް މިހާރު ކަންތައް މިހިނގާ އުސޫލަށް ބަލާފައި ރައްޔިތުންގެ ތެރޭގައި އެނގި ހާމަވާންޖެހޭ ހިސާބެއްގައި ހުރި ބޮޑެތި ސިއްރުތަކެވެ. ދަންވަރަށް މި ކަޝްވި ސިއްރުތައް މިއަދު މިއޮތީ މެންދުރަށް ފާޅުވާ ހިސާބުގައެވެ.

މިހެން މި ފާހަގަ ކުރަން ޖެހުނު ސަބަބަކީ މި ބުނާ މުއާމަލާތެއް ހިނގިކަމަށް ވަނީ ވެސް ރީތިވާ އެއްޗިހި ވިއްކާކަމަށް ބުނާ މީހަކާއިއެވެ. މިވެސް ރާއްޖޭގެ ނޫސް މަޖައްލާތަކުގައި ސާފުވާހެން ބޮޑެތި ހޯދުންތައް ހޯދުމަށްފަހު ހާމަކޮށްފައި ހުރި ސަރުކާރުން އެއަށް ޖަވާބުދާރީ ވާންޖެހޭ ކަންކަމެވެ. މިކަމުގެ ސައްހަ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން އެބަޖެހެއެވެ. މިވަރުގެ ބޮޑު ޚަރަދެއް ރައްޔިތުންގެ މައްޗަށް ދައުލަތުގެ ފައިސާއިން ކުރެވޭއިރު އެކަން ކުރެވުނު ގޮތުގެ ސައްހަ ތަފްސީލެއް އެނގިފެންނަން އޮންނަންޖެހެއެވެ. އެނޫނީ މިފަދަ ބީދައަކުން ވާހާކަދެކެވިގެންނުވާނެއެވެ. މިހާ މާލީ ގޮތުން ދަތި ހާލަތެއްގައި ސަރުކާރުން މިގޮތަށް ޢަމަލުތައް ބެހެއްޓެވީމަ އެކަމުގެ ދެފުށް މި ސަރުކާރުން ދައްކަވަން ޖެހިލައްވާނެއެވެ. ސަބަބަކީ މިސަރުކާރަކީ މިއީ އަބަދުވެސް ދެފުށްފެންނަ ސިޔާސަތެއް އޮންނަ ސަރުކާރެއް ކަމަށް ރައްޔިތުންގެ ތެރެއިން ވަރަށް ވެސް ގިނަ ބަޔަކު އަބަދުވެސް އުއްމީދުކުރެއެވެ. އެހާ ވަރަށް މިވާހަކަ އޭރުގެ ސިޔާސީ ކޮންމެ އެއްވުމެއްގައި މިވާހަކަ ދެކެވެއެވެ. ތަކުރާރުކޮށް ކެނޑިނޭޅި އަޑުއިވޭވަރަށް ދައްކަވައެވެ. ގެއަކަށް ބޮޑުވަމުން އަންނަ ތުއްތުކުއްޖަކަށް ވެސް މިވާހަކަތައް އަޑުއިވި ދަސްވާ ވަރަށް މިވާހަކަތައް ދެކެވެއެވެ. މި ބުނާ ކުންފުންޏެއްގެ ސައްޚަކަމާއި މެދު މިހާރު މިވަނީ ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދެން ފަށާފައެވެ. މީގެ އަދި އެންމެ އަދި ތަފާތު ކަމަކީ މި މުޢާމަލާތް ކުރެވުނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ކަމަށްވާ ޑަބްލިއު.އެޗް.އޯ މެދުވެރިވެގެން ކަމަށެވެ. ނަމަވެސް މިކަމަކީ ލިޔުމަކުން ބަޔަކަށް ފެންނަން އޮތްކަމެއްނޫނެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މި ފަދަ ބޮޑު ޖަމުއިއްޔާއަކުން އެގޮތަށް ވަކި ބަޔަކާއި ވިޔަފާރި މުއާމާލާތެއް ކުރުމަށް މެދުވެރިނުވާނެކަމަށެވެ. ދެން އެހެން ނަމަވެސް އެވާހަކަ ވެސް އަޅުގަނޑުމެން އަޑުއަހައިގެން ތިއްބަސް މިފަދަ ތަނެއް މެދުވެރިކޮށް ކުރެއްވި ކަމެއްގައި ވެސް މިފަދައިން ކަންހިނގައި ދިއުމަކީ ވަރަށް ވެސް ހުތުރު ޢަމަލެއްނޫންތޯ؟

އަޅުގަނޑުމެން މިގައުމަށް ބޭރު އެހީދޭ އެހެނިހެން ގައުމްތަކުން އެގޮތަށް އެ އަމަލު ކުރަނީ ސަރުކާރުން ރައްޔިތުންނަށް މި ފަދަ ދަތި ހާލަތެއްގައި ދިރިއުޅުމުގެ ހާލަތު ފަސޭހަކޮށްދިނުމުގެ ގޮތުން ރައްޔިތުންނަށް ލިއްބައިދޭން ޖެހޭ ޚިދުމަތްތައް ގާއިމްކޮށްދެއްވުމުގެ ގޮތުންނެވެ. ބޭސްފަރުވާ އަކީ މިހާރު މިއޮތް ޙާލަތައް ބަލާފައި ކޮންމެ ގައުމަކަށް ވެސް އެންމެ މުހިއްމު އެއް އަސާސެވެ. ރާއްޖެއިން އެކަންވެސް އެހާ ފުންކޮށްދެކޭހެނެއް ހިއެއްނުވެއެވެ. ކަމުގެ އެންމެ ހަނި ފަށަލައިން ފުން މާނައަށް ވިސްނާލީމަ ބުއްދި ހުރި ކޮންމެ އިންސާނަކަށް ވެސް އިނގޭނެ މި ބަލި މީ ވަކި ފައްތަރެއްގައި ފެތުރެން ފަށައިފިއްޔާ ނުހުއްޓެވޭނެ ފަދަ ދަރަޖައަކަށް ގޮސްދާނެ ފަދަ ބައްޔެއްކަމެވެ. އޭގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެ ސަލާމަތީ ފިޔަވަޅުއަޅާން ލަސްވާ ހިސާބަށް ވެސް ކަންތައް ރައްކާތެރިނުވެއްޖިއްޔާ ހިނގައިދާނެއެވެ. މިފަދަ ގޮތަކަށް މިކަންތައް އޮއްވައި ނުވިތާކަށް އެބުނާ ކުންފުންޏެއްގެ ވިޔަފާރިކުރަންއެދޭ ހުއްދަވެސް ވަނީ ބާތިލުވެ އަދި އިތުރަށް އެ ހުއްދަ އާކުރަންވެސް އެކުންފުނިން މަސައްކަތް ނުކުރާ ކަމުގެ މައުލޫމާތު މީޑިއާތަކުގައި ވަނީ އާއްމުވެފައެވެ. މިކަމާއި ގުޅިގެން ވެސް ސަރުކާރަކުން ވަކި އެއްޗެއް ހާމައެއްނުކުރައްވައެވެ. މިހާ ދޯދިޔާކޮށް ކަންތައް ހިނގަން މެދުވެރިވާން ޖެހޭ ސަބަބެއްނެތެވެ.

ޚިޔާނާތުގެ މައްސަލަތަކަށް ދައުލަތުން އިންސާފު ހޯއްދެވުމަށް މަސައްކަތް ކުރައްވާއިރު މި އަށް ކިޔާނެ ދިވެހި ނަމެއް ޖެހޭނީ ދިވެހި ރަދީފަކުން ފެންނަން އޮތްތޯ ބަލާށެވެ. މީހެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ވިޔަސް ނުވަތަ ފޮށި ފޮށީގައި ފައިސާ ވައްދައިގެން ވިޔަސް ކުރާ މުއާމަލާތަކުން ރައްޔިތުންނަށް ފައިދާ ވާނަމަ ދައްކާނެ އުޒުރެއް ނެތެވެ. މީގެ ހައިރާންވާންޖެހޭ ސަބަބަކީ މިކަންކަން މިހެން ހިނގައިފިނަމަ ސުވާލުކުރާނެ ބަޔަކު ތިބޭކަން އިނގޭ ހާލުގައި ވެސް ބައެއްފަރާތްތަކުން ކަންކަން ބަހައްޓަނީ މިއުސޫލުންނެވެ. މިއުޅެނީކީ ފަންގިއެއްދަށުން ދޮންކެޔޮވަކެއް ކާލައިގެންނެއްނޫނެވެ. ފައިސާތަކެއްގެ މިފަދަ މުއާމަލާތެއްގެ ރައްޔިތުންގެ ނަމުގައި ކުރެވުނު އިރު އެ ކުންފުނިން ފޮނުވި ދިހަ ވެންޓިލޭޓަރު ގެ ވެސް ހަމަވާންޖެހޭ ޝަރުތެއް ހަމަނުވެއެވެ. މިއީ ހަމަ ޖަވާބުދާރީވާން ތިބި ފަރާތްތަކަށް ޖަވާބު ނުދެވޭ ބޮޑެތި އަރަތްތަކެވެ.

 ދެން ވެންޓިލޭޓަރު ގެންނަން ހަވާލު ކުރެވުނު ދެ ކުންފުނީގެ ތެރެއިން އެއް ކުންފުނިންވަނީ 38 ވެންޓިލޭޓަރު މިހާތަނަށް ގެނެސްފައެވެ. މި ދެކުންފުންޏަކަށްވެސް އެޑްވާންސް ލާރިއެއް ދީފައެއް ނުވެއެވެ. މީގެ އިތުރުން ދެން މިކަމާއި ހަވާލުވި އަނެއް ކުންފުނިން އަދި ވެންޓިލޭޓަރެއް ގެނެސްފައެއްނުވެއެވެ. ގެންނާނެ ދުވަހެއްވެސް އަދި ހާމަކޮށްފައެއްނުވެއެވެ. ދައުލަތުން ނަގާ ޓެކްސް މިހާރު އަމާޒުކުރެވިފައި ހުންނަނީ ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ތަކެތިންނެވެ. ޗެކް ޕޯސްޓް ތަކާއި ޕެޓްރޯލް ޕޮލިސް މެދުވެރިކޮށްގެން ދުވާލަކު އެތައް މީހުންނެއް އެކި މައްސަލަތަކުގައި ދައުލަތުން ޖޫރިމަނާ ކުރެއެވެ. އޭގެ ތެރެއިން ވެސް ދެނޭވާ ދޭތެރެއިން އުޅަނދުތަކުގައި ޖަހާފައިހުންނަ ސްޓިކާތައް ފާހަގަކޮށްލަންޖެހެއެވެ. މައްސަލައަކީ މިހާވަރަށް ޓެކްސް ނަންގަވައިގެން އަނެއްކާ ވެސް މި ބީދައިން ކަންތައް ކުރައްވާތީއެވެ. ވެންޓިލޭޓަރެއް ވެސް ޖީބަށް އެއްޗެއް ލާފަ ގެންނަ މީހަކު ގެނަޔަސް ޝަރުތު ހަމަނުވަންޏާ އެވާނީ ކިހާ ދެރަ ހިތާމަ ހުރި ކަމަށްތޯ ދެގޮތުން ވެސް؟ މީގެ ކުރިންވެސް އިންސާނުންނަށް ވަނީ އެމީހުންނަށް އުޅެވުނު ގޮތުގެ އާޚިރު ނަތީޖާ އެނގި ފެނި އަދި ވަރަށް ވެސް އުނދަގޫ ނަތީޖާތަކެއް ތަޙައްމަލް ކުރަން މާޒީގައި ޖެހިފައެވެ. ދަނޑާއި ކަތިވަޅި ގެއްލި މަރިޔަނބުގެ ނަސްލު ވެސް އޮޅޭ ފަހަރު ބައެއް ފަހަރު އާދެއެވެ. ނަމަވެސް ދުނިޔޭގައި ދެވަނަ ފުރުސަތު ލިބެނީ ވެސް ނަސީބު ވެރިންނަށެވެ. އެ ފުރުސަތު ވެސް އިންސާނުންނަށް ދެއްވައެވެ. އެކަމަކު ދުނިޔޭގައި ކަމެއް މެދުވެރިވާނީ ވެސް ބައެއް މެދުވެރިކުރައްވައެވެ. އެގޮތުން މި ހުރިހާ ވެއްޓުމެއްގެ ސަބަބަކަށްވީ ވެސް ދިވެހި ރައްޔިތުންނެވެ. ވަކި ބަޔަކަށް ވިޔަސް ހަމަ ދިވެހީންނެވެ. އަނެއްކާ އަލުން ގުލްޒާރުގައި ނޫރާނީ މަލެއް އިންދީ ވެސް ހަމަ ދިވެހި ރައްޔިތުންނެވެ. އެހެން ކަމުން ދިވެހި ރައްޔިތުންނަށް މި ޖަޒީރާ ރަށްތަކުގައި މާބަގީޗާތަކާއި ހިތްގައިމު މާހައުލެއް ގާއިމްކޮށްދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރީމެވެ.

ސިއްހީ ހާލަތު މިފަދައިން އޮތް ދަނޑިވަޅެއްގައި ބޭނުންވާ މުހިއްމު އަދި ޒަރޫރީ ވަސީލަތްތައް ގެނައުމަށް ސަރުކާރުން ވަލު ދޮރާށިން ވިޔަފާރި ކުރާކަމުގެ ކުލަވަރު ޖެހި ކޮރަޕްޝަންގެ އަމަލުތައް މިކަމުގައި ހިނގާފައި އޮތްކަމަށް ބުނެ މިހާރު ދިވެހިރާއްޖޭގެ އެންޓިކޮރަޕްޝަން ކޮމިޝަންއިން ވެސް ވަނީ މި ކަން ހިނގައިދިޔަގޮތް ބަލަމުންނެވެ. ސަރުކާރުން މިކަމާއި ބެހޭ ގޮތުން އެދެވޭ ގޮތެއްގައި ޖަވާބުދާރީ ނުވުމަކީ މިކަމުގައި ސަރުކާރުން އަމިއްލަ ދިފާއުގައި ވިސްނަންޖެހޭ ކަންތައްތައް ހުރީމަ ކަމަށް ވެސް ވެދާނެއެވެ.

ސިޔާސަތެއްގައި ހުސް އާމިނާބީ އިންތައް ތިބެފަ ފޫޅު ދިގު ހަންޑި ކަށްބޮލަށް ވެރި ފުރާވާހަކަ ހަސަން ތަކުރަށް ނޭންގީމަ ފާރުގައި ހުންނަ ލޯވަޅު ހަމަ ނުފެންނާނެތޯއެވެ.؟ ހަސަންތަކުރަށް ފޫޅު އަތުޖެހޭ ހިސާބުން ދެން ވާގޮތް އެންމެންނަށް ވެސް އެނގިލައްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ކައުންސިލް އިންތިޚާބާއި އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށް: އަނަސް

ޖެނުއަރީ 22, 2021
ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In