ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެދިފައިވާ ހުރިހާ ބާރެއް ރައްޔިތުންވަނީ އަރުވާފައިކަމަށާއި ތިވަރަކުން ނުފުދޭނެކަމަށެވެ. އެހެންކަމުން އިންސާފު ހޯއްދަވައި ދެއްވުމުގައި ލަސްވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
އަދި ފައިންޑް މޮޔަ މީހާ އެއީ ހޭޝްޓެގެއް ނޫންކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ދައުލަތުގެ މައްޗަށް އޮތް އިލްތިޒާމެއްކަމަށާއި އިންސާފު ކަށަވަރުކޮށްދެއްވުމަށް ދިޔާނާ ވަނީ ގޮވާލައްވާފައެވެ.
ދިޔާނާ މި ފަދައިން ޓްވީޓްކުރައްވާފައިވަނީ އީވާ އަބްދުﷲ ރިލްވާން ގެއްލުނު ހާދިސާ އާއި ގުޅޭގޮތުން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އެމް.ޑީ.ޕީ. އަކީ ރިލްވާން ގެއްލުނު ހާދިސާއާއި ގުޅިގެން އެކަމަށް އެންމެ ބޮޑަށް އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވި އެއް ޕާޓީއެވެ.
މިއަދު މި ހާދިސާއަށް 6 އަހަރު ފުރޭ އިރު އަދި މި ސަރުކާރުން މިކަމަކަށް އެއްވެސް މަސައްކަތްތަކެއް ކުރައްވާފައެއް ނުވެއެވެ.
ސުޕަރ މެޖޯރިޓީ އަކާއި ބޮޑު އަގުލަބިއްޔަތަކުން ހޮވުނު މި ސަރުކާރުން އެންމެ ފުރަތަމަ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ރިލްވާން އަށް އިންސާފު ހޯދައިދިނުން ހިމެނެއެވެ.