ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން އިނގިރޭސިވިލާތް އަދި ސްކޮޓްލެންޑްގައި މާސްކު އެޅުން އިތުރުކޮށްފިއެވެ.
އަލަށް މާސްކު އެޅުމަށް އަންގާފައިވާ ތަންތަނަކީ ދާރުލް އާޡާރުތަކުގައި، ދީނީ އެއްވުންތަކުގައި އަދި އެކުއޭރިއަމްސް ތަކުގައެެވެ. އަދި ހަމަ އެހެންމެ ސިނަމާ ތަކުގައާއި ބޯކުށާ ޚިދުމަތްދޭ ތަންތަނުގައިވެސް މާސްކުއެޅުން މިހާރު މަޖުބޫރެވެ.
ހޯމަ ދުވަހުން ފެށިގެން ނޮދާން އަޔަލޭންޑްގައިވެސް ބަންދުވެފައި ހުންނަ ހުރިހާ ތަނެއްގައި މާސްކު އެޅުންވަނީ މަޖުބޫރުކޮށްފައެވެ.
އާ އުސޫލު ތަކަށް ބަލާއިރުގައި ބެލްޖިޔަމް، އެންޑޯރާ އަދި ބަހާމާސްއިން އިނގިރޭސިވިލާތައް އަންނަ ކޮންމެ މީހެއް 14 ދުވަހުގެ ކޮރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި މީގެ ކުރިން ވަނީ ސްޕެއިން އަދި ލަގްޒެމްބޯގުން އަންނަ މީހުން ވެެސް ކޮރަންޓީން ކުރުމަށް ހަމަޖެހިފައެވެ.