އެޗްޕީއޭއިން ދެންމެ ހާމަކުރި ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުގައި ބުނެފައިވަނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 129 ކަމަށެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވުވި 129 މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހިންނާ، 26 ބަންގުލަދޭޝް މީހުންނާއި، އިންޑިޔާގެ 09 މީހަކާއި ނެޕާލް މީހެކެވެ.
ރަނގަޅުވެފައިވަނީ 40 މީހުން ކަމަށާއި މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2791 މީހުން ރަނގަޅު ވެފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 87،632 ސާމްޕަލް ނަގާފައިވާއިރު، އައިސޮލޭޝަން ފެސިލިޓީގައި 1481 ފަރާތެއް ހޮސްޕިޓަލްގައި އެޑްމިޓް ކޮއްފައިވަނީ 144 ފަރާތެއް އަދި ކަރަންޓީނު ފެސިލިޓީގައި އެއްވެސް ފަރާތެއް ނުވާކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.
އަދި މިބަލީގައި ރާއްޖެއިން 19 މީހަކު ވަނީ މަރުވެފައެވެ.