އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަަރަންޓީނުގައި ހުރި ފުލުހެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މި ފުލުސް މީހާއަކީ މި މަހުގެ ހަވަނަ ދުވަހު އައްޑޫ އަށް އައި މީހެކެވެ.
މާލެއިން އަތޮޅުތެރޭ ރައްތަކަށް ދަތުރުކުރުމުގެ ހުއްދަ އެ ހުއްދަ ބޭނުންވާ ކޮންމެ މީހަކަށް މީގެކުރިން ދެމުން ދިޔަނަމަވެސް މިއަދުން ފަށައިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން މީހުން ރަށްރަށަށް ނުފޮނުވަން ސަރުކާރުންވަނީ ނިންމާފައެވެ.
ފަހަކަށް އައިސް އަތޮޅުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. އެހެންކަމުން މާލެ އިން އަތޮޅުތަކަށް ދަތުރު ކުރުމުގައި ހުއްދަ ދެމުން އައި އުސޫލަށް އެޗްޕީއޭ އިން މިހާރު ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް އެބަދަލުތަކަށް ބަލާއިރު އަދިވެސް މާލެ އިން ރަށަށް ދިއުމުގެ އުސޫލު ހަރުކަށި ނޫންކަމަށް ބުނެ ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ޚިޔާލު ފާޅުކުރަމުންނެވެ.
ރާއްޖެ އިން މިއަދު އިތުރު 129 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4898 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 2088 މީހުން އެބަތިއްބެވެ.