ކޯވިޑް 19 ޖެހިގެން ހޮސްޕިޓަލް ގައި ފާއިތުވި 24 ގަޑިއިރު ތެރޭ 15 މީހުން އެޑްމިޓްކޮށް ރާއްޖޭގައި ހޮސްޕިޓަލް ތަކުގައި އެޑުމިޓުކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 144 ކަށް އަރައިފިއެވެ.
އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގައި، މިވަގުތު ވޯޑު ތަކުގައި 135 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި 9 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-16 ގައި ހަތަރު މީހަކަށް އަންނަނީ ފަރުވާދެމުން ކަމަށާއި އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކަށް އަންނަނީ ފަރުވާދެމުންކަމަށެވެ. އަދި އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ މެޑިކަލް ފެސިލިޓީސްތަކުގެ ތެރެއިން ށ.ފުނަދޫ އަދި ބ.އޭދަފުށި މެޑިކަލް ފެސިލިޓީގެ ތެރެއިން ކޮންމެ ފެސިލިޓީއެއްގައި އެކަކަށް އަންނަނީ ފަރުވާދެމުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރެމުންދާ މިންވަރަށް ބަލައި ރެކޯޑު މިންވަރަކަށް މީހުން އެޑުމިޓު ކޮށްގެން ފަރުވާ ދޭންޖެހިދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
ތަމެން ފެޢިޅްވެގޭކަމައް ފެނެއި