ރ. ދުވާފަރުން 3 މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ހަމަކޮށްފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރުން 3 ދިވެހި ފިރިހެނުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ.
ދުވާފަރުން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެކެވެ.
އޮގަސްޓް މަހުގެ 5 ވަނަ ދުވަހު މަސްތުވާތަކެއްޗާއިއެކު 3 މީހުން ހައްޔަރު ކުރެވުނު ކަމަށެވެ. އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދިނެވެ.
މި މައްސަލާގައި ޝާމިލްވާ 3 މީހުންގެ ބަންދާމެދު އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ޖަހާފައި ވާ ކަމަށާއި މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.