ހއ.އަތޮޅުން ލ.އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުމުގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭތީ ސަމާލުވެތިބުމަށް މޫސުމާއި ބެހޭ އިދާރާއިން އަންގައިފިއެވެ. 15:00 އިން 20:00 އާއި ދޭތެރޭ މޫސުން ގޯސްވާނެކަމަށް ލަފާ ކުރައްވައި މިހާރު އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓް ނެރިފައެވެ.
ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް ކޯސްޓް ގާޑް އިން ވަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާފައެވެ.
އަދި މިފަދަ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެއްގައި ފެނުގެ ޒަރިއްޔާއިން ޖަރާސީމް ފެތުރުން ހުއްޓުވުމުގެ ގޮތުން ގޯތި ތެރެ ސާފުކޮށް އަދި ފެން ހެދިފައި ހުންނަ ސަރަހައްދުތައް އެއްވަރުކޮށް އެ ފަދަ ތަންތަން ނައްތާލަން މަސައްކަތް ކުރެއްވުމަކީ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން މިދުވަސްވަރު ކުރަން މުހިއްމު ކަންކަމެވެ.