ކޮވިޑް 19 އަށް އައްޑު އަތޮޅު ހިތަދޫ އިން ފައްސިވި ދެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެންގެ ސާމްޕަލްތައް ވެސް ނެގެޓިވްކަމަށް ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މިމަހުގެ 10 ވަނަ ދުވަހު ހިތަދޫ އިން ކޮވިޑް19އަށް ފައްސިވެފައި ވަނީ އައްޑޫ ސިޓީ ސްކޫލެއް ހެދުމުގެ މަސައްކަތް ކުރާ ބަންގަލދޭޝް މީހަކާއި 58 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ދެމީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގ ވެސް ނެގެޓިވްކަމަށް ވެއެވެ. އަދި މީގެ އިތުރުން ފޭދޫއިން ކޮވިޑަށް ފައްސިވެފައިވާ މީހާގެ ސާމްޕަލްވެސް ނެގެޓިވްކަމަށް ސިއްހީ އިދާރާއިން މައުލޫމާތުދެއެވެ. ނަމަވެސް ޑައިރެކްޓް ކޮންޓެކްޓް ވީ އެންމެންގެ ވެސް އިތުރު ސާމްޕަލް އެއް 14 ދުވަސް ފަހުން ނެގުމަށްވަނީ ހަމަޖައްސާފައެވެ.
އައްޑޫ ސިޓީ ވަނީ މި ކޭސްތަކާއި އެއްކޮށް މޮނީޓަރިންގެ ހާލަތަށް ގެނެވި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އަނެއްކާވެސް އެހާލަތު އުވާލައި ކުރިން އޮތް ހާލަތަށް ގެނެވިފައެވެ. މީހުން ގިނަ މިފަދަ ބޮޑު ރަށެއްގައި މިފަދަ ބަލިމަޑުކަމެއް ފެތުރިއްޖެނަމަ ވަރަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެއެވެ.