ކޮވިޑް-19 ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ދާދި ދެއްމެއަކު އެޗް.ޕީ.އޭ އިން ކުރި ޓްވިޓެއްގައި ވަނީ މަރުވެފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމެށެވެ.
މިމީހާ ވަނީ ހޮސަޕިޓަލަށް ގެނެސް އިމަޖެންސީ ރޫމްގައި އެޑްމިޓް ކޮއްފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ މިއަދު 12:12 ގައި ކަމަށް އެޕީއޭ އިން ހާމަކޮއްފައިވެއެވެ.
މިހާތަނަށް މިބަލީގައި ރާއްޖޭއިން ނިޔާވި މީހުންގެ ނިސްބަތުން ގިނައީ ދިވެހިން ކަން ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން ރާއްޖެއިން މިބައްޔަށް ފައްސިވި މީހުން ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް އެމީހުން ނިޔާވި މިބަލީގައި ނޫންކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 5000 އަށް ވުރެން މައްޗަށް އަރާފައެވެ. ކޯވިޑް 19 އަށް ފައްސިވި މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 2307 މީހުންނަށެވެ. އަދި ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުން ދަނީ 145 މީހަކަށެވެ.
މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 2831 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.