މިއަދު ރާއްޖޭގައި ކޯވިޑް 19 ގެ ބަލީގައި ނިޔާވި ދިވެހި ފިރިހެން މިހާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އޭގެންސީ ( އެޗްޕީއޭ ) އިން ގުޅީ ފައްސިވި މީހާ ނިޔާވެގެން މައްޔިތާގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރަނިކޮށް ކަމަށް މައުލޫމާތި ލިބިއްޖެއެވެ.
މިއަދު ނިޔާވީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެން މީހެކެވެ. އެމީހާއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހާލު ގޯސްވެގެން ގެންދެވުނު މީހެކެވެ.
އެޗްޕީއޭއިން ނިޔާވި ފާރާތް އައިސޮލޭޝަނަށް ގެންދިއުމަށް ގުޅާފައިވަނީ ނިޔާވި ފަރާތުގެ ދަރިފުޅު، ބައްޕަގެ ޖަނާޒާގެ ކަންކަން ކުރަމުން ދަނިކޮށް ކަމަށާއި، މުއާމަލާތް ކުރުމުގައި އެޗްޕީއޭއިން ފެއިލް ވުމުން ރައްޔިތުން، އެއިދާރާގެ ބަސް ގަބޫލް ކުރާނެ ކަމަށް ހީކުރަނީ ކަމަށް ނިޔާވި ފަރާތުގެ އާއިލާ މެމްބަރަކު މިއަދު ކުރި ޓުއީޓެއްގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި މީގެ ކުރިންވެސް ނިޔާވާ މީހާ ކަފުންކޮށް ވަޅުލާ ނިމޭފަހުން، އެމީހާ އަކީ ކޯވިޑް 19 އަށް ފައްސިވެފައިވާ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އާއްމު ގިނަ ރައްޔިތުންގެ ފާޑުކިޔުން ދަނީ އެޗްޕީއޭ، އަދި ހެލްތު މިނިސްޓްރީއަށް އަމާޒުވެފައެވެ.
މިހާތަނަށް ރާއްޖޭގައި މިބަލި ޖެހިގެން ނިޔާވެފައިވަނީ 20 މީހުންކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް މިބަލި ޖެހުން މީހުންގެ އަދަދު ވަނީ 5000 އަށް ވުރެއް މައްޗަށް އަރާފައެވެ. މިބަލިގައި މިހާތަނަށް 2831 މީހުން ރަނގަޅުވެފައި ވާއިރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 2307 އެވެ.