ނޮޅިވަރަމް ދާއިޜާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިވާ އަދި ރައީސް ނަޝީދު ބޭރުކުރައްވަން މާލަސްވެސް ވެއްޖެކަމަށާއި މުޅި މަޖިލީހުގެ ދުސްތޫރު ފުނޑާލައިފިކަމަށެވެ.
އަދި ގަވާއިދާއި ގާނޫނަކަށް ބެލުމެއްނެތި މަޖިލީސް ހިންގަވަނީ ހިތުހުރިހާ ގޮތަކަށް ކަމަށެވެ. އަދި މި ދެ ބޭފުޅުން ބޭރުކުރެއްވުމުން މިސަރުކާރުވެސް ރަނގަޅު ވަމުން ދާނެކަމަށް މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ފާހަގަކޮށްފައެވެ. ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގެ ނޫހެއްގައި މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ދުރުކުރައްވަން އެމް.ޑީ.ޕީއިން މަސައްކަތް ފަށްޓަވައިފިކަމަށް ބުނެ ޝާއިއުކޮށްފައިވާ ލިޔުމަކާއި ހަވާލާ ދެއްވާފައެވެ.
މި ލިޔުމަގައި ވާގޮތުން ރައީސް ނަޝީދު މަގާމުން ދުރުކުރައްވަން އެމް.ޑީ.ޕީ.ގެ މެމްބަރުންތަކެއް ފަށްޓަވައިފިކަމަށްވެއެވެ. އަދި ބައެއް މެމްބަރުންގެ ނަންތައްވެސް ވަނީ މިލިޔުމުގައި ފާހަގަކޮށްފައެވެ. ނަމަވެސް މިކަމާއި ބެހޭ ގޮތުން ސަރުކާރުން އަދި އެއްޗެއް ހާމަނުކުރައްވައެވެ.