ރޭލު ދުއްވަން އިން ޑުރައިވަރުގެ އިތުރުން 2 މީހަކު ރޭލެއް ފުރޮޅާލައިގެން މަރުވެއްޖެއެވެ.
ސްކޮޓްލޭންޑްގެ އެބަޑީންޝަޔަރގައި ހިންގި މި ހިތާމެވެރި ހާދިސާ ހިނގިތާ އިރުކޮޅެއްނުވެ 30 މީހުން ސަލާމަތްކުރާ އުޅަނދުވަނީ މި ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މިސަރަހައްދަށް މި ދުވަސްވަރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޤަބޫލުކުރެވޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބިންގަނޑު ކަނޑައިގެންގޮސް ފެންބޮޑުވެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައިގެންނެވެ.
މި ރޭލު ފުރޮޅާލުމުގެ ސަބަބުން، 6 މީހުންނަށް އެކިވަރުގެ އަނިޔާތައްވެ އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި މަޢުލޫމާތު ލިބޭ ގޮތުގައި، އެއްވެސް މީހެއްގެ ހާލު ގޯހެއް ނޫނެވެ.
އެބަރޑީންޝަޔަރ އިން ގްލާސްގޯއަށް ދަތުރުކުރަމުން އައި މި ރޭލު ކުރިން ޤަބޫލުކުރެވިފައި އޮތްގޮތަށް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކެންސަލްކުރެވިފައެވެ. ނަމަވެސް، ފަހުން، މޫސުމުގެ އަސަރު ނުކުރާ ރޭލު ދަގަނޑުތަކެއް ހުރި ފަޅިއަކުން ދަތުރުކުރަނިކޮށް ހިނގާފައިވާ ހާދިސާއެއްކަމަށް އިނގިރޭސިވިލާތުގެ ފުލުހުންވަނީ ހާމަކޮށްފައެވެ.