ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވް ގެ ދަށުން ވިއްކި ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށްފިއެވެ.
އެ ކުންފުނިން މިދިޔަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ޕެނަލް ހަރު ކުރުމަށް ޕެކޭޖުތައް ވެސް ތަޢާރަފު ކޮށްފައިވާއިރު މި ޕެކޭޖުގެ ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 5،000 ރުފިޔާ ކަމަށާއި ޕެނަލްގެ އަގަކީ ގާތްގަނޑަކަށް 25،000 ރުފިޔާކަމަށް އެކުންފުނިން މަޢުލޫމާތު ހަމަކުރެއެވެ.
މިއީ 1.2 ކިލޯވޮޓްގެ ސޯލާ ޕެނަލް ތަކެކެވެ.
ގްރީން އެނާޖީ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ކަރަންޓު ކުންފުނިން ނުކުންނަން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހަރުކޮށްދޭ މި ސޯލާ ޕެނަލްތައް އެތެރެކޮށް ވިއްކަނީ ވެސް އެ ކުންފުނިންނެވެ.
އިންސްޓޯލްމަންޓް ޕެކޭޖްގެ ދަށުން ވިއްކާ މި ސޯލާ ޕެނަލްތައް ހަރުކުރަން ހުއްދަ ހޯދުމާއި ފައިސާ ދެއްކުމުން ހުރިހާ ކަމެއް ސްޓެލްކޯ އިން ކޮށްދެއެވެ.