މިރޭގެ މެޗުގައި ވަރުގަދަ އެތްލެޓިކޯގެ މައްޗަށް ކުރި ހޯދާ ޖަރުމަނުގެ އާރްބީ ލައިޕްޒިގްއިން ތާރީޚުގެ ތެރެއަށްވަދެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ކަމުގައި ވީނަމަވެސް ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ލައިޕްޒިގްއިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއްނުވެ އެ ޓީމުގެ އޮލްމޯ ލަނޑެއްޖަހާ ކުރި ހޯދިއެވެ. އެއަށްފަހު އެތްލެޓިކޯއިން މެޗުގެ ކުޅުމަށް ގިނަ ބަދަލުތަކެއް ގެނައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ގެ ޖޮއާއޯ ފީލިކްސްވަނީ ކުޅެން ނެރެފައެވެ. ފީލިކްސްގެ މޮޅު ކުޅުމާއެކު އެނާ ނުހުއްޓުވިގެން ލައިޕްޒިގްގެ ޑިފެންޑަރަކު ކުރި ފައުލަކަށް އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އަދި މި ޕެނަލްޓީ ކާމިޔާބުކޮށް ފީލިކްސްވަނީ އެ ޓީމަށް މެޗު ހަމަހަމަ ކޮށްދީފައެެވެ. ނަމަވެސް، މެޗު ނިމެން 3 މިނެޓަށް ވެފައިވަނި ކޮށް ކައުންޓަރ އެޓޭކަކުން ޕެނަލްޓީ އޭރިއާގެ ބޭރުން ލައިޕްޒިގައަށް ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓައިލަރ އެޑަމްސް ޖެހި ބޯޅައެއް އެތްލެޓިކޯގެ ހިމެނޭޒް ފައިގައި ޖެހިފައި ގޯލުގެ ތެރެއަށްވަނެވެ. މެޗު ނިމުނީ 2-1 ނަތީޖާއަކުން ލައިޕްޒިގް މޮޅުވެގެންނެވެ.
ލައިޕްޒިގް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ރޭގެ މެޗު ކާމިޔާބު ކުރި ފްރާންސްގެ ޕީއެސްޖީއާއިއެވެ.