ހުޅުމާލޭގައި ފުލުހުން އަދި ސިފައިންގެ ފްލެޓުތައް ތަރައްގީކޮށް ހަދަމުންދާ އައިލެންޑް އެކްސްޕާރޓްއިން އެ މަސައްކަތް ދޫކޮށްލައި ވެފައިވާ އެއްބަސްވުން އުވާލަން ނިންމައިފިއެވެ.
އައިލެންޑް އެކްސްޕާރޓްގެ މުއައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ ބިދޭސީން ބޮޑެތި ހަޅުތާލުތަކެއްކޮށް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އަނބުރާ ރަށަށް ފޮނުވާލެވިފައެވެ. އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބުނެފައިވަނީ މި ގޮތަށް ޢަަމަލުކުރަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންނެވެ.
އަނޮން ވިދާޅުވާ ގޮތުގައި މިހާތަނަށް ފުލުހުންގެ ފްލެޓުތައް އުވާލަން ހަމަޖެހިފައިވީ ނަމަވެސް ސިފައިންގެ ފްލެޓުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މަސައްކަތަށް ބަލާއިރު ސިފައިންގެ ފްލެޓުތަކުގައި މަސައްކަތުގެ ބޮޑުބައިވަނީ ހަދާ ނިމިފައެވެ.